ވަގަށް މުރަނގަފަތް ބިން މީހަކު ހޯދަނީ

uhjnm-2.jpg

ވަގަށް މުރަނގަފަތް ބިން މައްސަލައަކާ ގުޅިގެން ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ މިމައްސަލައަކީ 2022 ފެބްރުއަރީ 8 ވަނަ ދުވަހުގެ ވަގުތެއްގައި ބަނޑޭރިކޮށި ގޯއްޗެއްގައި ހުރި މުރަނގަ ގަހަކުން އެކި ދުވަސްމަތިން ވަގަށް މުރަނގަ ފަތް ބިންނަކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަގޮތުގައި މަގުމަތީގައި ހުރި މީހަކު ގެއަކުން މުރަނގަފަތް ބިންނަ މަންޒަރުފެނެއެވެ.

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top