ދަރަވަންދޫގައި ޤާރީ ކޯހެއް ފަށަނީ

dhara-quran.jpg

“އުސްރަތުލް ޤުރުއާން” ކްލާސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ :ފެމެލީ ސްޓާރ

ދަރަވަންދޫ ”އުސްރަތުލް ޤްރުއާން” ކްލާހުގެ ފަރާތުން އަންނަމަހު އެރަށުގައި ގާރީކޯހެއް ފެށުމަށް ނިންމައިފިއެވެ.

މިދިޔަ މަހު އުފަންވި މިކްލާހުގެ ފަރާތުން ފެށުމަށް ނިންމާފައިވާ މިކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ކުރާ ޤިރާއަތު ސެޓްފިކެޓު ލެވެލް 1ގެ ޤާރީ ކޯހެކެވެ.

އެއްމަސްދުވަހުގެ މުއްދަތަށް ހިންގާ މިކޯހުގައި ކިޔަވައި ދެއްވާނީ މާލެއިން ވަޑައިގަންނަވާ އިލްމް ވެރިންކަމަށާއި ކޯސް ހިންގަނީ އިންސްޓިޓިއުޓު އޮފް ޤުރުއާން ސްޓަޑީޒް އާއި ގުޅިގެން ކަމުގައި އެކްލާހުން މައުލޫމާތު ދެއެވެ.

މިކޯހުގައި ބައިވެރި ވެވޭނީ ބަލައިގެން ޤުރުއާން ކިޔަވަން އެނގުމާއެކު ގްރޭޑް 7 ނިންމާފައިވުން ނުވަތަ އުމުރުން 18 އަހަރު ފުރިފައިވާ މީހުންނަށެވެ.

ޝައުގުވެރިކަން ހުރި ފަރާތްތަކުން 31 އޮކްޓޯބަރ 2017 ވާ އަންގާރު ދުވަހުގެ 22:00 ގެ ކުރިން އެ ކުލާހުގައި ނަންނޯޓު ކުރެއްވުމަށް އުސްރަތުލް ޤުރުއާން ކްލާހުން އެދެއެވެ.

ކޯހާބެހޭ މައުލޫމާތު ހޯއްދެވުމަށް 9588128 ގުޅުމުން ސާފުކުރެވޭނެ ކަމަށް އެކްލާހުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top