ސައްޓުގެ މޮޅު ކުޅުމާއެކު ޑުސިޓުން ކިހާދޫ މޯލްޑިވްސް ބަލިކޮށް ހަމަޖެހިލައިފި

DSCN8248.jpg

މިހާރު އޭދަފުށީގައި ކުރިޔަށްދާ އިންޓަރރިސޯޓް ބ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗް ޑުސިޓް ތާނީ މޯލްޑިވްސް އިން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ.

ގްރޫޕްބީގައި މިއަދު ކުޅުނު މެޗުން ޑުސިޓް މޮޅުވީ ކިހާދޫ މޯލްޑިވްސްއާ ބައްދަލުކޮށް 3-1 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި ޑުސިޓުން ޖެހި 3 ލަނޑުގެ ތެރެއިން 2 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އޭދަފުށީގެ ފުޓްބޯޅަތަރި އިޝާން އިބްރާހީމް (ސައްޓު) އެެވެ. އަނެއްލަނޑު ކާމިޔާބު ކޮށްދިނީ އާދަމް ހަލީލް އެވެ.

މެޗް ފެށިގެން ފުރަތަމަ ހާފްގެ 4 ވަނަ މިމިނެޓްގައި ސައްޓު ޑުސިޓަށް ލީޑު ނަގާދިނީ ވަރަށް ރީތި ހިލޭޖެހުމަކުން ސީދާ ގޯލަށް ބޯޅަ ވައްދާލައިގެންނެވެ. ނަމަވެސް ފުރަތަމަ ހާފްގެ 15 ވަނަ މިނެޓްގައި ކިހާދޫ މޯލްޑިވްސްއިން ވަނީ ލަނޑެއްޖަހާ މެޗު އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޭދަފުށީ ފުޓްބޯޅަ ޓީމްގެ ހުނަރުވެރި ފޯވާޑްކަމުގައިވާ އަލީ ޒުބައިރުއެވެ. ޑުސިޓްގެ އަނެއް ދެލަނޑު ކާމިޔާބު ކުރީ ފަހުހާފުގައެވެ.

މިއަދުގެ މެޗަށްފަހު ގްރޫޕް ބީގެ އެއްވަނާގައި 3 ޕޮއިންޓާއެކު ޑުސިޓް ހަމަޖެހިލިއިރު އެޓީމްވަނީ ސެމީފައިނަލްގެ ފުރުސަތުވެސް ބޮޑުކޮށްފައެވެ. ތިން ޓީމު ހިމެނޭ މިގުރޫޕްގައި ޑުސިޓުން ދެން ކުޅޭ މެޗުގައި އަމިއްލަފުށި އަތުން ޑްރޯއެއް ހޯދައިގެންވެސް ސެމީ ކަށަވަރުވާނެއެވެ. ނަމަވެސް ސެމީފައިނަލަށް ދިއުމަށް ކިހާދޫ މޯލްޑިވްސް އަމިއްލަ ފުށީ މެޗުން މޮޅެއް ހޯދަން މަޖުބޫރެވެ.

މިމުބާރާތުގެ ގްރޫޕް އޭގެ މެޗެއް މާދަމާ ކުޅެވޭނެއެވެ. މިމެޗްގައި ފޯސީޒަން ލަނޑާގިރާވަރު ރިސޯޓް ނުކުންނާނީ އަނަންތަރާއާ ދެކޮޅަށެވެ. މިގުްރޫޕްގައި އެއްވަނާގައި 3 ޕޮއިންޓާއެކު ސޮނެވާ އޮތްއިރު، ދެވަނާގައި އެއް ޕޮއިންޓާއެކު އޮތީ އަނަންތަރާއާއި، މިލައިދޫއެވެ. ލަނޑާއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top