ޖަމިއްޔާތަކުން ހިންގާ މަޝްރޫއުތަކަށް އެހީއަށް އެދުމަށް ހުޅުވާލައިފި

Asward-Waheed-Youth-Minister-1140x570-1.jpeg

މަދަނީ ޖަމިއްޔާތަކުން ހިންގާ މަޝްރޫއުތަކަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއިން މިއަދު ބުނީ މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ކަމަށެވެ.

އެހީއަށް އެދި ހުށަހެޅޭނީ ޖަމްއިއްޔާތަކާބެހޭ ގާނޫނާއު އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށް ހިނގަމުންދާ ޖަމްޢިއްޔާތަކަށް އެކަނި ކަމަށާއި މިފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި, މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށްކަމަށް ވެސް މިނިސްޓްރީން ހާމަ ކުރެއެވެ.

އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރިކުރުމަށް ހުށަހެޅޭ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުސޫލާއި އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތަކާއި އެޕްލިކޭޝަން ފޯމް ގެޒެޓުގައިވަނީ  ޝާއިއު ކުރެވިފައެވެ. ފައިސާގެ އެހީ ދެވޭ އަދަދަކީ ގިނަވެގެން 300،000.00 ރުފިޔާއެވެ.

އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 04 ޖުލައި 2024 ވަނަދުވަހުގެ 13:00 އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި