ފެހެންދުއާއި ހިތާދޫގައި ބަކަރިއާއި ދޫންޏަށްޖެހޭ ބަލިތަކާ ބެހޭ ޕްރޮގްރާމެއް ހިންގައިފި

Agriculture.jpg

ބ.ފެހެންދުއާއި ހިތާދޫގައި އެނިމަލް އެންޑް ޑިސީސް ސަރވައިލަންސް ޕްރޮގްރާމެއް ހިންގައިފިއެވެ.

ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މިމަހުގެ 23 އިން 26 އަށް މި ދެރަށުގައި ހިންގި މި ޕްރޮގްރާމުގައި ބަކަރިއާއި ކޯލިދޫނީގެ ބާވަތްތައް ގެންގުޅެ، އާލާކޮށް އާމްދަނީ ހޯދާނެ ގޮތާ، ބަކަރިއާއި ކޯލިދޫންޏަށް ޢާންމުކޮށްޖެހޭ ބަލިތަކާއި އެބަލިތައް ދެނެގަންނާނެ އަލާމާތްތައް ވަނީ ބައިވެރިންނަށް އޮޅުން ފިލުވައިދީފަ އެވެ. މީގެ އިތުރުން އެތަކެތި ގެންގުޅޭ ތަންތަންވެސް ވަނީ އިންސްޕެކްޓް ކޮށްފައެވެ.

އެގޮތުން އެ ދެރަށުގައި އެފަދަ ތަކެތި ގެންގުޅޭ ހަތަރު ފާރމެއް އިންސްޕެކްޓްކޮށް އެ ފާރމުތަކުގައި ގެންގުޅޭ ބަކަރިން ލޭގެ ސާމްޕަލްނަގާ ބަކަރިއަށްޖެހޭ ބައްޔެއްކަމަށްވާ ފުޓް އެންޑް މައުތު ޑިސީސް (އެފްއެމްޑީ)އަށް ޓެސްޓުކޮށްފައިވާ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެއެވެ. އަދި ހަޔަވީ ރައްކާތެރިކަމުގެ ހާލަތު ބަލާ، ރަނގަޅުކުރަންވީ ކަންކަމުގެ މަޢުލޫމާތުވެސް އެތަކެތި ގެންގުޅޭ ފަރާތްތަކަށް ކިޔައިދީފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮގްރާމަކީ ދިރޭ ޖަނަވާރު ގެންގުޅޭ ރަށްތަކުގެތެރެއިން ވަކި ރަށްތަކެއް ކަނޑައަޅައިގެން ކޮންމެއަހަރަކުވެސް ހިންގާ ޕްރޮގްރާމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top