ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

raaa.jpg

ދަރަވަންދޫ ޕޮލިސް ޑެސްކްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ، އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ އިއްޔެ ދަރަވަންދޫ ކުނިގޮނޑު ސަރަހައްދުގައި ނައްތާލާފައިވާ ކަމަށެވެ. އެތަކެތީގެ ތެރޭގައި ހިމެނެނީ މިއަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި 31 އާއި ހަމައަށް ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ގެނެސްފައިވާތަކެއްޗެވެ.

ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 138 ފުޅި ބަނގުރަލާއި، ހަ ފުޅި ބިޔަރު އަދި 64 ބިޔަރު ދަޅު ކަމަށް ފުލުހުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top