ބ.ކަމަދުއާއި މާޅޮހުގައި ފެނުގެ ނިޒާމެއް ގާއިމު ކުރަން އިންޑިއާ ކުންފުންޏަކަށް

big_4TYAAmojekoFo9LEHM3pG3R7G-1.jpeg

ބ.ކަމަދުއާއި މާޅޮހުގައި ފެނުގެ ވިއުގައެއް ގާއިމުކުރުމަށް އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ކަމަދޫއާއި މާޅޮހާއެކު ޖުމްލަ 15 ރަށުގައި ފެނުގެ ނިޒާމު ގާއިމުކުރުމަށް ޕްލޭނިންގ މިނިސްޓްރީން ހަވާލު ކޮށްފައިވަނީ އިންޑިއާގެ އިޕޮކް ޕްރައިވެޓް ލިމިޓެޑް އިން އެސޯސިއޭޝަން ވިތް ފީޑްބެކް އިންފްރާ ޕްރައިވެޓް ލިމިޓެޑް ކުންފުނި ހިމެނޭ ގޮތަށް ދެ ކުންފުންޏަކާއެވެ.

މި ރަށްރަށުގައި ފެން ވިއުގަ ގާއިމު ކުރުމަށް ހަވާލު ކުރި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކިއުރިޓީ ޒީނިޔާ އަހުމަދެވެ. އިޕޮކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާވިޔަތު އަބްދުލް ސައްތާރެވެ.

މި މަސައްކަތް 15 ރަށުގައި ކޮށް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތަކި ހަ މަސް ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top