ޓީޗަރުންގެ ދުވަހު ތައުލީމީ މަރުކަޒުގެ 122 މުވައްޒަފުންނަށް ޕަވަރ ބޭންކެއް؟!

22195263_2078281632198376_1356110538190775497_n.jpg

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންތަކެއް މިއަހަރުގެ ޓީޗަރުންގެ ދުވަހު އެސްކޫލަށް އައުމުން މަރުހަބާ ކިޔަނީ / ފޯޓޯ: ބ. އަތޮޅު ތައުލީމީ މަރުކަޒު

މިއަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕީޓީއޭއިން އެމަރުކަޒުގެ ކޮންމެ މުވައްޒަފަކަށް  ޕަވަރ ބޭންކެއް ( ކަރަންޓާ ނުލާ ފޯން ޗާޖް ކުރެވޭ އާލާތެއް )ހަދިޔާ ކޮށްފިއެވެ.

މިހަދިޔާ ޓީޗަރުންނަށާއި މުވައްޒަފުންނަށް ހަވާލުކުރީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި އެސްކޫލްގައި ޕީޓީއޭގެ ފަރާތުން ޓީޗަރުންގެ ޝަރަފުގައި ބޭއްވި ހަފްލާއެއްގައެވެ.

މިހަފްލާގައި މަރުކަޒުގެ ކޮންމެ މުވައްޒަފަކަށްވެސް  މި ކަހަލަ ބޭނުންތެރި ހަދިޔާއެއް ދިނީތީވެ ސްކޫލްގެ ފަރާތުންވަނީ ޕީޓީއޭ އަށް ޝުކުރު އަދާކޮށްފައެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ މިހަދިޔާ އެސްކޫލްގެ ޓީޗަރުން ހިމެނޭގޮތަށް ޖުމްލަ 122 މުވައްޒަފުންނަށް ދީފައިވާ ކަމަށެވެ.

ސްކޫލްގެ އޮފިޝަލަކު ވިދާޅުވީ މިއީ ޕީޓީއޭގެ ފައިސާއިން ކުރި ހަރަދެއްކަމަށާ، އަދި މިއީ ޕީޓީއޭގެ އަމިއްލަ ނިންމުމެއްކަމަށެވެ.

އީވީއަށް އެނގިފައިވާގޮތުގައި ކޮންމެ މުވައްޒަފަކަށް ހަދިޔާކުރި ޕަވަރބޭންކްގެ އަގު އުޅެނީ 70ރ އާއި، 100ރ އާ ދެމެދުގައެވެ.

ޕީޓީއޭއިން ޓީޗަރުންގެ ދުވަހާ ގުޅިގެން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރުންގެ އިތުރުން ހުރިހާ މުޗައްޒަފުންނަށް ހަދިޔާ ދީފައިމިވަނީ، އެފަދަ ކަމެއް ނުކުރުމަށް ތައުލީމީ މަރުކަޒުގެ މެނޭޖްމަންޓުން ބެލެނިވެރިންނާ ދަރިވަރުންނަށް އަންގާފައި ވަނިކޮށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top