ޕީޖީ ބ. އަތޮޅު ގޮފީގައި ފުރަތަމަ ފަހަރަށް ދިދަ ނަގައިފި

jhjkk.jpg

ޕީޖީ ބ. އަތޮޅު ގޮފީގައ ފުރަތަމަ ފަހަރަށް ދިދަ ނެގުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އޭދަފުށީ ވޮއިސް

ޕްރޮސިކިއުޓަރ ޖެނެރަލްގެ ބ. އަތޮޅު ގޮފީގައި ފުރަތަމަ ފަހަރަށް ގައުމީ ދިދައާއި، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ދިދަ ނަގައިފިއެވެ.

އޭދަފުށީ މަލްޓިޕާޕަސް ބިލްޑިންގްގެ ފުރަތަމަ ފަންގިފިލާގައި 2010 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ މިއޮފީހުގެ ދިދަ އަލަށް ނެގުން އޮތީ މިއަދު ހެނދުނު މަލްޓިޕާޕަސް އިމާރާތުގެ ގޯތިތެރޭގައި އޮތް ރަސްމިއްޔާތެއްގައެވެ.

އޭދަފުށީގައި ހުރި އޮފީސްތަކުގެ އިސްވެރިން ބައިވެރިވި މިރަސްމިއްޔާތުގައި ގައުމީ ދިދަ ނަންގަވައިދެއްވީ ބ. އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރެވެ. ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ދިދަ ނަންގަވައިދެއްވީ އެއޮފީހުގެ ބ. އަތޮޅު ގޮފީގެ ހެޑް އަބްދުﷲ ހަމީދެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ބ. އަތޮޅު ގޮފިން ބުނީ އެއޮފީހުގެ ދިދަ ނެގުން މިހާތަނަށް ލަސްވެގެން ދިޔައީ ދިދަ ދަނޑި ޖަހާނެ ތަނެއް ރަށު ކައުންސިލުން ދިނުން ލަސްވެގެންކަމަށާ، އެކަން ހަމަޖެހުނީ ދާދި ފަހުންކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top