ކޮމަލިކާގެ ރޯލު އާމްނާ އަށް

aamnasharif001.jpg

ސްޓާޕްލަސް އިން ދައްކަމުން ގެންދާ މަޝްހޫރު ޑްރާމާ ސީރިޒް ކަސޯޓީ ޒިންދަގީ ކޭ 2 ގެ އާ ކޮމާލިކާއަކީ އާމްނާ ޝަރީފްކަން މި ޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ކަށަވަރު ކޮށްދީފިއެވެ.

ހީނާ ޚާން ކުޅެފައިވާ މި ރޯލް ހީނާ ދޫކޮށްލީ ބޮލީވުޑަސް ވަނުމުގެ ފުރުސަތު ލިބިގެންނެވެ. އެއަށްފަހު ކޮމާލިކާގެ ރޯލަށް ފިޓު މީހެއް ހޯދުމަށް އެކްތާ ކުރި މަސައްކަތަކަށް ފަހު އެރޯލަށް ޖޭސްމިން ބާސިން ހަމަޖެއްސި ކަމަށް ނޫސްތަކުން ރިޕޯޓު ކުރިއެވެ. އަދި ގޯހަރު ޚާން އަކީ އާ ކޮމާލިކާ ކަމުގައިވެސް މީޑިއާ އިން ބުނެފައިވެއެވެ.

އެހެންނަމަވެސް އެކްތާ ކަޕޫރު މިހާރު ވަނީ ކަސޯޓީ 2ގެ އާ ކޮމަލިކާ އަކީ 90ގެ އަހަރުތަކުގައި އެކްތާ އުފައްދާފައިވާ މަޝްހޫރު ޑްރާމާ ސީރީޒް، ކަހީތޯ ހޯގާ އިން ދިވެހިންނަށް ތައާރަފްވެ އޭގެ ފަހުން ރާއްޖެ އައިސް ދިވެހި ލަވައަކަށްވެސް އެކްޓް ކޮށްފައިވާ، އާމްނާ ޝަރީފް ކަމަށްކަސަވަރު ކޮށްދީފައެވެ. އެކމިކަމާ ގުޅިގެން އެކްތާ ކޮށްފައިވާ ޓުވީޓެއްގައިވަނީ ކޮމާލިކާގެ ރޯލުން ވަރަށް އަވަހަށް އާމްނާ ފެނިގެން ދާނެކަމަށް ބުނެފައެވެ.

އެންޑީޓީވީއަށް ދިން ބަސްދީ ގަތުމެއްގައި އާމްނާ ބުނީ މީގެ ކުރިން އޭނާ ކުޅެފަިވާ ރޯލްތަކާ އަޅާބަލާއިރު ކޮމަލިކާ ގެ ރޯލަކީ ވަރަށް ޗެލެންޖިންގ ރޯލެއްކަމަށާ އެހެންނަމަވެސް މި ކަހަލަ ނެގެޓިވް ރޯލެއްގެ ބައި އަދާކުރަން ލިބުމުން އުފާވެފައިވާ ކަމަށެވެ.

ކަސޯޓީ ޒިންދަގީކޭ 2 އަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާ ކޮށްފައިވާ ވާހަކައެކެވެ. މި ޑްރާމާ ޝޯގައި އަނޫރާގް ގެ ބައި އަދާކުރަނީ ޕާތު ސަމްތާނެވެ. ޕްރޭނާގެ ބައި އަދާކުރަނީ އެރިކް ފެނާންޑިސް އެވެ.

ކަހިތޯ ހޯގާ އަށް ފަހު އާމްނާ ވަނީ އޭކްތި ނައިކާ އާއި ހޯންގޭ ޖުދާ ނަހަމް ކުޅެފައެވެ. އޭގެ ފަހުން އަމިއްލަ ސަބަބު ތަކާހުރެ ޓީވީއާ ދުރުގައި ދުވަސްތަކެއް ވޭތުކުރުމަށް ފަހު އާމްނާ އެންމެ ފަހުން ފެނިފައިވަނީ 2014ވަނަ އަހަރު ނުކުރް ބޮޑު ސްކްރީން ފިލްމް އޭކްވިލަން އިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top