50 ބިލިޔަން ދަރުވާލައިގެން ކުރެވުނީ ކޮންކަމެއްތޯ ؟ އެމްޕީ. އަލީ ހުސޭން

medium_95581.jpg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން. --ފޮޓޯ :މަޖިލިސް އިދާރާ

ދިވެހި ދައުލަތް 50 ބިލިއަން ރުފިޔާއަށް ދަރުވާލައިގެން ކުރެވުނީ ކޮން ކަމެއްތޯ އައްސަވައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭނު ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

އެމްޕީ.އަލީ ކުރައްވާފައިވާ ޓުވިޓެއްގައި ވިދާޅުވެފައިވަނީ އެހެނަސް އަހަރެމެންގެ ރަށްރަށުގައި ފެނާއި ނަރުދަމާއެއް ނެތް ކަމުގައެވެ.

“އެހެނަސް އަހަރެމެންގެ ރަށްރަށުގައި ފެނާއި ނަރުދަމާއެއް ނެތް. ކިހާދުއާއި ކުޑަރިކިލަކު އަރާފައިބާނެ ރައްކާތެރި ބަނދަރެއްނެތް. 50 ބިލިޔަނުން ދަރުވައިގެން މި ކުރެވުނީ ކޮން ކަމެއްބާ؟” އަލީ ހުސައިން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

އަލީ ހުސެއިންގެ މި ޓުވީޓު އަމާޒު ކުރައްވާފައިވަނީ އެމްއެމްއޭ އިން އާއްމުކުރި ތަފާތު ހިސާބުތަކާ ގުޅިގެންނެވެ.

އެމްޕީ. އަލީ ހުސޭނަކީ މަޖިލީހުގެ ތަޅުމުގައި އޭނާގެ ދާއިރާއާއި ގައުމުގެ ހައްގުގައި ވަރަށް ގިނަ ކަންކަމުގައި ވަކާލާތު ކުރަމުން އަންނަ މެންބަރެކެވެ.

އެމްއެމްއޭގެ ތަފާތު ހިސާބުތަކުން ދައްކާގޮތުގައި ދައުލަތުގެ ދަރަނި މިހާރު ވަނީ ވަނީ 50 ބިލިއަން ރުފިޔާ އަށްވުރެ މަތީގަ އެވެ. ދަރަނީގެ ތެރެއިން 29.7 ބިލިއަން ރުފިޔާއަކީ އެތެރޭގެ ދަރަންޏެވެ. އަދި 21.3 ބިލިއަން ރުފިޔާއަކީ ބޭރުގެ ދަރަންޏެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު