އެކްސިޑެންޓްތަކަށް ހޭލުންތެރި ކުރުވުމަށް މުޅި ރާއްޖޭގައި ހިނގާލުމެއް

79110148_1481704445316859_1070621590388998144_n.jpg

ބ.އަތޮޅު ހޮސްޕިޓަލާއި އޭދަފުށި ޕޮލިސް ގުޅިގެން މިއަދު ހަވީރު ބޭއްވި ރޯޑްސޭފްޓީ އިވެންޓް -ފޮޓޯ :އެފްބީ

މަގުމަތީގެ އެކްސިޑެންޓްތައް މަދުކުރުމުގެ ގޮތުން “ފުރާނައިގެ ސަލާމަތަށް އަޑު އުފުލަމާ” ގެ ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވާފައިފި އެވެ.

މި ހިނގާލުމަކީ ނައިބު ރައީސް ފައިސަލް ނަސީމް އިސްނަންގަވައިގެން މަގުމަތީގައި އުޅޭ ކޮންމެ ފަރުދަކަށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްޓަކައި ފައްޓަވާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ބޭއްވި ހިނގާލުމެކެވެ.

ދައުލަތުގެ މުއައްސަސާތައް ގުޅިގެން މުޅި ރާއްޖޭގައި މިއަދު ހަވީރު އެއްވަގުތެއްގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ހިނގާލުމުގައި ބ.އަތޮޅު ހޮސްޕިޓަލް އާއި އޭދަފުށީ ޕޮލިސް ވަނީ ބައިވެރިވެފައެވެ.

އޭދަފުށީގެ ބޮޑެތި މަގު ތަކުގައި ހިނގާލުން ކުރިއަށް ގެންދިޔައިރު އެކްސިޑެންޓްތަކުގެ ސީން ދައްކާލުމުގެ އިތުރުން ހޭލުންތެރިކުރުވުމަށް އެކި މެސެޖްތައް ވަނީ ދީފަ އެވެ.

ރާއްޖޭގެ މަގުތަކުގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 2000 އެއްހާ ހާދިސާ ހިނގާއިރު މިފަދަ ހާދިސާތަކުގައި އެވްރެޖްކޮށް ކޮންމެ އަހަރަކު ނުވަ މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top