ބ.ގޮއިދޫ މާބަނޑު އަންހެނަކު އައިޖީއެމްއެޗްގައި ނިޔާވެއްޖެ

Seamarc-Eco-Volunteers-Maldives-Goidhoo-atoll.jpg

ބ.ގޮއިދޫ ރިހިވެލި ޝައްމާ އަބްދުލް ޣަނީ 23އ. ބަނޑަށް ހަތްމަހުގައި އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އިއްޔެ ނިޔާވެއްޖެއެވެ.

މަރްހޫމާގެ އާއިލާއިން ބުނިގޮތުގައި ޝައްމާ ހޮސްޕިޓަލަށް ގެންދިޔައީ ނޭވާލާން އުދަނގޫ ވާތީވެ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުއެވެ. ގޭހުގެ މައްސަލައެކޭ ކިޔާފައި ދޫކޮށްލުމުުން އަނެއްކާވެސް އޭގެ އަނެއްދުވަހު ހަމައެގޮތަށް ނޭވާލާން އުދަނގޫވެގެން ޑޮކްޓަރަށް ދެއްކުމުން ސީރިއަސްވީ އެހިސާބުންނެވެ.

“ދެން ފަރުވާދިނީ އައިސީޔޫގައި. އޭގެ ފަހުން އަނެއްދުވަހު ހެނދުނު ޑޮކްޓަރު ބުނީ މަންމަގެ ހާޓްބީޓް އަވަސްވާތީ އިންޖެކްޝަނެއްޖަހަންޖެހޭކަމަށް . އޭރުން ދެމައިންގެ ހާޓްރޭޓްވެސް ދަށްވާނެކަމަށާ ފުރަތަމަ އިސްކަންދޭނީ މައިމީހާ ސަލާމަތްކުރެވޭތޯކަމަށް ޑޮކްޓަރު ބުނި.” އާއިލާގެ މީހަކާ ހަވާލާދީ ސީއެންއެން ގައި ވެއެވެ.

އެދުވަހު މެންދުރފަހު ސްޓްރޯކެއްޖެހުނުކަން އާއިލާއަށް އެންގިކަމަށާ އޭގެފަހުން މެއަށް ޕުޝްކޮށްގެން ނޭވާލައްވަމުންއައީކަމަށްވެސް އާއިލާއިން ބުނެއެވެ.

ޝައްމާ ނިޔާވީ އޭނާއަށް ދޭންޖެހޭ ސަމާލުކަން ނުދިނުމުންކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

ޝައްމާގެ މަރާބެހޭ ގޮތުން ބަޔާނެއްނެރޭނެކަމަށް އައިޖީއެމްއެޗް އިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top