ރައީސް ޔާމީންގެ އިލްތިމާސް: އެންމެން އެކަތިގަނޑަކަށްވެ ޑރ.މުއިއްޒު ހޮއްވަވައިދެއްވާ!

original_1692279736165.jpeg

ހުރިހާ ދިވެހި ރައްޔިތުންއެކަތިގަނޑަކަށްވެ، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އިންތިޚާބު ކުރެއްވުމަށް ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުގެ ތަރުޖަމާނު އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވަނީ، މުއިއްޒުއަށް ރައީސް ޔާމީނާއި ޕީޕީއެމްގެ ތާއީދު ނެތް ކަމަށް ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީީ ގެ ރިޔާސީ ކެންޑިޑޭޓް ގެ ކެންޕެއިން ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ވިދާޅުވުމަށް ރައްދު ދެއްވާފައެވެ.

މާރިޔާ ވިދާޅުވަނީ ޑރ. މުއިއްޒަކީ ޕީއެންސީ އަދި ޖަމިއްޔަތުއް ސަލަފްގެ ކެންޑިޑޭޓެއް ކަމަށާ، އޭނާއަށް ވެރިކަން ހޯދައިދޭން ޕީޕީއެމާއި ރައީސް ޔާމީންވެސް ބޭނުން ނުވާ ކަމަށާ، ޕީޕީއެމުން އެކަމަށް މާ ބޮޑު މަސައްކަތެއް ނުކުރާ ކަމަށް މާރިޔާ ވިދާޅުވަމުންދާ ވިދާޅުވުމަށް ރައްދު ދެއްވަމުން ތޮލާލް ވިދާޅުވީ، ޑރ.މުއިއްޒަކީ ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ކަމަށެވެ.

އަދި ޕީއެންސީންގެ ޓިކެޓްގައި ޑރ.މުއިއްޒު ނިކުންނެވީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއި އެކުގައިކަމަށާ، ޕީޕީއެމާއި ޕީއެންސީ ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަމުންދަނީ މުއިއްޒު ވެރިކަމަށް އިންތިޚާބު ކުރުމަށް ކަަމަށް ތޮލާލް ވިދާޅުވި އެވެ.

ރައީސް ޔާމީން އެދިވަޑައިގަންނަވަނީ ދިވެހި ރައްޔިތުން، ރައްޔިތުންގެ ކެންޑިޑޭޓް ޑރ.މުއިއްޒަށް ވޯޓު ދެއްވުމަށް ކަމަށް ތޮލާލް ވިދާޅުވިއެވެ. އަދި މިސަރުކާރު ބަދަލު ކުރުމަށް ދިވެހި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ފުރުސަތަކީ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒު ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށް ތޮލާލް ވިދާޅުވިއެވެ. ހަމައެހެންމެ، ރައީސް ޔާމީންގެވެސް އިލްތިމާސްއަކީ ދިވެހި ރައްޔިތުން ރައްޔިތުންގެ ކެންޑިޑޭޓް ޑރ.މުއިއްޒު އަށް ހުރިހާ ދިވެހިންވެސް ވޯޓު ދެއްވުން ކަމަށް ތޮލާލު ވިދާޅުވިއެވެ.

އެމްޑީޕީން، ޕީޕީއެމް ބައިބައިކުރުމަށް ދައްކަމުންދާ ވާހަކަތަކުގައި ނުޖެހުމަށް ޕީޕީއެމްގެ އެންމެހާ އާއްމު މެންބަރުންނަށް ތޮލާލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިސަރުކާރުން ވޯޓު ހޯދުމަށް ވަޒީފާގެ ބިރު ދެއްކުމާއި، ފައިސާގެ ނުފޫޒު ފޯރުވުން އާންމު ކަމަށް މިހާރު ހެދި ނަމަވެސް ރައްޔިތުން މިކަންކަމާއި ސާބިތު ކަމާއެކު ކުރިމަތި ލައްވައި ރައްޔިތުންގެ ކެންޑިޑޭޓް ޑރ.މުއިއްޒަށް ވޯޓު ދެއްވުމަށް ތޮލާލް އެދިވަޑައިގެންނެވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top