މެންބަރުންނާއި އިސްވެރިންގެ މުސާރަ ކުޑަކުރަނީ

big_8x4YP68pW8IHr1uSaxr8xd0CW.jpeg

މާލިއްޔަތު ކޮމިޓީގެ ބައްދަލު ވުމެއް--ފޮޓޯ :ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަތައް އަނެއްކާ ވެސް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

މީގެ ކުރިން ވެސް ވަނީ ކޮވިޑް19 އާއި ގުޅިގެން އިގްތިސާދު ދަށްވެ ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެތީވެ މިދިޔަ މާޗު މަހާއި އޭޕްރީލް މަހަށް ވަނީ މި މަގާމުތަކުގެ މުސާރަތައް 20 ޕަސެންޓް ކުޑަކޮށްފަ އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ސަރުކާރުން ކުރިން ހުށަހަޅައިގެން އިސް މަގާމުތަކުގެ މުސާރައިގެ 20 ޕަސެންޓް އުނިކުރި މިންވަރަށް ވުރެން އިތުރަށް ބައެއް މަގާމުތަކުގެ މުސާރައިން އުނި ކުރުމަށް ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ ވޯޓުންނެވެ.

އެގޮތުން ކޮމިޓީން މިއަދު ފާސްކުރީ 20،000 ރުފިޔާ އާއި 30،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 20 ޕަސެންޓް ކުޑަ ކުރުމަށެވެ. 30،000 ރުފިޔާ އާއި 60،000 ރުފިޔާއާ ދެމެދުގެ މުސާރަތަކުގެ މަގާމުތަކުން 30 ޕަސެންޓް ކުޑަ ކުރުމަށެވެ. އަދި 60،000 ރުފިޔާއިން މަތީގެ މުސާރަތަކުގެ މަގާމުތަކުން 35 ޕަސެންޓް ކުޑަ ކުރުމަށެވެ. އެ ގޮތަށް މުސާރަ ކުޑަ ކުރާނީ މި މެއި މަހަށާއި އަންނަ ޖޫން މަހަށާއި ޖުލަ މަހަށް ކަމަށް ކޮމިޓީން ނިންމި އެވެ.

މާލިއްޔަތު ކޮމިޓީން މިގޮތަށް ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމުގައިވެސް  މިރިޕޯޓަށް ބަހުސް ކުރުން އޮންނާނެއެވެ. ފަހު ގޮތް ނިންމާނީ ތަޅުމުގައި މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top