ދަރިންނަކީ އަޅުގަނޑުމެންގެ ހިތުގެ މޭވާ : ޚުތުބާ

DSCN1351.jpg

ދަރިންނަކީ އަޅުގަނޑުމެންގެ ހިތުގެ މޭވާކަމަށާއި އެއީ ހަޔާތުގެ ޒީނަތްތެރިކަން ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

ދަރިންގެ ތަރުބިއްޔަތާއި ދަރިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގޮތުން ދެއްވި މިއަދުގެ ޚުތުބާގައި އިތުރަށް ބުނެފައިވަނީ އެއީ ލޮލުގެ ފިނިކަންކަމަށާއި އެ އެކުދިންނަށް ދެވޭ ތަރުބިއްޔަތުގެ ސަބަބުން ރިޒްގު ތަނަވަސްވެގެންދާނެކަމުގައެވެ.

“ދަރިން ތަރުބިއްޔަތު ކުރުމުގައި ފަރުވާކުޑަނުކުރައްވާށެވެ. އެދަރިންނާމެދު އަދާކުރަންޖެހޭ ހައްގުތަކާމެދު ފަސް ނުޖެހޭށެވެ.” ޚުތުބާގައި ބުނެފައިވެއެވެ.

“ސްކޫލުން ކުއްޖާ ނިމިގެން ގެއަށް އަންނައިރު ބައްޕަގެ ސަބަބުން ނުވަތަ އެހެން ނަފްސާނީ ކަމެއްގެ ސަބަބުން ހާސްވެ ކަންބޮޑުވެފައި އިންނަ މަންމަ އޭނާގެ ރުޅި ދަރިފުޅަށް އޮއްސާލާނަމަ އެކުއްޖާ އެމަންމަ ދެކެ ލޯތްބެއް ނުވާނެއެވެ.” ޚުތުބާގައި ބުނެފައިވެއެވެ.

ދެމަފިރިން ވަކި ވުމުގެ ސަބަބުން ކުދިންނަށް ލިބޭ ގޯނާތައް ނުހުއްޓޭ ކަމަށާއި ދެމަފިރިން ވަކި ވުމުގެ ސަބަބުން ދަރިންނަށް އަޅައިނުލުމުގެ އިތުރަށް އެ ކުދިންނަށް ހަރަދު ނުދިނުމުގެ މައްސަލަ އުފެދޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top