އިންޑިޔާއިން އަގުހެޔޮ ބޭސް ގަންނަށް އެސްޓީއޯ އިން އެއްބަސްވުމެއް

ލކިލ.jpg

އިންޑިޔާއިން ރާއްޖެއަށް ހެޔޮއަގުގައި ބޭސް ގަންނަށް އެސްޓީއޯ އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ވެވުނު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެސްޓީއޯ އާއި އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއަރ ލިމިޓެޑް އާއެކު އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) އާ އެވެ.

އިންޑިޔާގެ ޕީއެމްބީޖޭޕީ ނުވަތަ ޖަނައުޝަދި ސްކީމްގެ ދަށުން ރާއްޖެއިން ހޯދަން އުނދަގޫ ބޭސްތަކާއި އިތުރު ބޭސްތައް މެދުނުކެނޑި އަދި ހެޔޮ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެއެވެ.

އެސްޓީއޯއިން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެެއް ކަމަށެވެ.

ވޭތުވެދިޔަ ތަނުގައި ރާއްޖޭގައިވަނީ  މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

އެސްޓީއޯއިން އަގު ހެޔޮކޮށް ކޮލިޓީ ދަށް ބޭސް ގަންނަން އެއްބަސްވި އިރު، މިއީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ކޮލިޓީ ބޭސް ދިވެހިންނަށް ފޯރުކޮށްދިނުމުގެ ސިޔާސަތާ ފުށުއަރާ ކަމެއްކަން ފާހަގަ ކުރެވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top