ފަލަސްޠީނަށް ޓަަކައި ކޮންމެ ނަމާދެއްގައި ގުނޫތު ކިޔަން އަންގައިފި

f8qfcivwyaaeyen.jpg

ފަލަސްތީނަށް ނަސްރު ދެއްވުންއެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ނާޒިލާ ކޮންމެ ނަމާދެއްގައި ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ގުނޫތު ކިޔަން ފުރަތަމަ އެންގީ ރޭގަނޑު ކުރާ ނަމާދު ތަކުގައެވެ.

އެކަމަކު، މިއަދު އެ މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައިވަނީ އިސްރާއީލްގެ ޔަހީދުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބޭ އަނިޔާތަކާއި ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދިނުމަށް އެދި މިސްކިތްތަކުގައި ގުނޫތު ކިޔަން ހަމަޖައްސާފައިވާ ކަމަށެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް ދިން ހަމަލާއާ ގުޅިގެން ގަސްތުގައި ޣައްޒާގެ ހޮސްޕިޓަލްތަކާއި ސްކޫލުތަކާއި އާންމުން ބޭނުންކުރާ މުހިންމު ތަންތަނަށް ވެސް އަންނަނީ ހަމަލަ ދެމުންނެވެ. އެގޮތުން ރޭގައި ވެސް އިސްރާއިލުންވަނީ ޣައްޒާގެ ހޮސްޕިޓަލެއްކަމަށްވާ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން މިސައިލް ހަމަލައެއްގައި 800އަށްވުރެ ގިނަ ފަލަސްޠީން ރައްޔިތުން ޝަހީދުކޮށްލައިފައެވެ.

މި ހަމަލާތަކުގައި ފަލަސްތީނުގެ 3،500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު، އިސްރާއީލުން 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. ޣައްޒާ އިން 13،000 އަށް ވުރެ ގިނަ މީހުންނަށް ޒަހަމް ލިބުނު އިރު، އިސްރާއީލުން ވަނީ 3،000 އަށް ވުރެ ގިނަ މީހުންނަށް ޒަހަމް ލިބިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top