މަޖިލިސް އިންތިޚާބު, މާޗް ނުވަތަ އޭޕްރީލް ގައި: އީސީ

372092_3_bfd5de4c826b21853ac89916d9748205531f0770_large.jpg

އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެމްބަރުން:.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ މާޗުމަހުގެ ފަހުކޮޅުގައި ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅުގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވިދާޅުވެއްޖެއެވެ.

އީސީގެ ނައިބު ރައީސް އިސްމާޢީލް ހަބީބު މިއަދު ވިދާޅުވީ އަންނަ މަހު ވަކި ތާރީޚެއް ކޮމިޝަނުން އިއުލާނުކުރާނެ ކަމަށެވެ.

މި ހިނގާ ދައުރުގައި މަޖިލީހުގައި 87 މެންބަރުން ތިއްބަވައެވެ. ނަމަވެސް އަލަށް އިތުރުކުރިހަ ދާއިރާއާއެކު 20 ވަނަ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާނެއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ދައުރު މެއިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު ގާނޫނުގައިވާ ގޮތުން އޭޕްރީލް 28 ގެ ކުރިން މަޖިލީހުގެ 20 ވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރަން ޖެހޭނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top