މޭކަޕްކުރުމާއި ހިޖާބު އަޅަން ދަސްކޮށްދޭ ކޯހެއް ފަށަން ތައްޔާރުވެއްޖެ

20954011_287682841638362_795356936158206879_n.jpg

ސްޓެޕް ޓު ބިއުޓީ ސެލޫން އިން ހިންގި މޭކަޕް އާޓިސްޓްރީ އެންޑް ހިޖާބް ސްޓައިލް ކޯސް ފުރިހަމަ ކުރި ބައެއް ދަރިވަރުން- ފޮޓޯ ؛ ސްޓެޕް ޓު ބިއުޓީ ފޭސްބުކް ޕޭޖް

ތިޔަ އުޅެނީ ޕާޓީއަކަށް ދާން މޭކަޕްކުރާނެ މޮޅު ގޮތެއް ނޭގިގެންހެއްޔެވެ. ނުވަތަ ރަސްމީ ޖަލްސާއަކަށް ދާން ޙިޖާބު އަޅާނޭ ސަޅި ގޮތެއް ނުވިސްނިގެން ހެއްޔެވެ. މިކަމާ ހާސްވެ ކަންބޮޑުވުމުގެ ދުވަސް ފާއިތުވަނީއެވެ. ސްޓެޕް ޓު ބިއުޓީ ސެލޫން އެންޑް އެކެޑަމީ އިން މިކަމުގެ ހައްލު ހޯދައިދެނީއެވެ. އެ ސެލޫންގެ ފަރާތުން އޭދަފުށީގައި މޭކަޕް އަދި ހިޖާބު ކޯހެއް ފަށަނީއެވެ.

އަންނަ އޮކްޓޯބަރ 10ގައި ފަށަން ތައްޔާތުވާ މި ކޯހާ ބެހޭ ގޮތުން އީވީއަށް މައުލޫމާތު ދެއްވަމުން ސެލޫންގެ އޯނަރ ފާތުމަތު ޝިރުފަތު (ޝިރޫ ) ވިދާުޅުވީ މި ކޯސް އަތޮޅު ތެރޭގައި ހިންގަން ޚިޔާލުކުރީ މާލެ އައިސް ކޯހުގައި ބައިވެރިވުމަކީ ކޮންމެ މީހަކަށް އެހާ ފަސޭހަ ކަމެއްކަމުގައި ނުވާނެތީ އަތޮޅު ތެރޭގައިވެސް މިފަންނަށް ޝައުގު ހުރި ގިނަ ބަޔަކު އުޅޭތީވެ އެކަނބަލުންނާ ވީހާވެސް ގާތުން މި ފުރުސަތު ފަސޭހަކަމާއެކު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

ޝިރޫ އިތުރަށް ވިދާޅުވީ ޕާޓީތަކާއި ރަސްމިއްޔާތުތަކަށް ތައްޔާރުވާއިރުވެސް މޭކަޕް ކުރުމާއި ހިޖާބު އެޅުން ތަފާތުވާނެ ކަމަށާއި މި ކޯހުން މޭކަޕް އާއި ހިޖާބު އެޅުމުގެ ބޭސިކުން ފެށިގެން ބްރައިޑަލް އާ ހަމައަށް ދަސްކޮށްދޭނެ ކަމުގައެވެ.

”ބޭސިކް މޭކަޕް ޓު ބްރައިޑަލް މޭކަޕް އާޓިސްޓް އެންޑް ހިޖާބް ސްޓައިލް” ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އާއްމުކޮށް ހުޅުވާލާފައިވާއިރު ހަތް ދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 2500ރ. ދައްކަވަން ޖެހެއެވެ. ކޯހަށް ބޭނުންވާ ހުރިހާ އެއްޗެއް ފޯރުކޮށްދެނީ ކޯސް ހިންގާ ފަރާތުންނެވެ.

މި ކޯހުގައި ކިޔަވައިދެއްވަނީ އިންޑިއާ އާއި ސްރީލަންކާއިން މި ފަންނު ދަސްކޮށް މިކަމުގެ ތަޖްރިބާ ލިބިފައިވާ ބޭފުޅުންކަމަށާއި މި ސެލޫން އިން 300 އަށް ވުރެ ގިނަ ކުދިންނަށް ނަށް މިހާރުވާނީ ދަސްކޮށްދީފައިކަމަށް ޝިރޫ ވިދާޅުވިއެވެ.

ކޯހުގައި ބައިވެރިވުމަށާއި އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ގުޅުއްވާނީ 9861881 އަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top