ޚާއްސަ ހާލަތްތަކުގައި ޕާސްޕޯޓް ހަދަން ލުއިފަސޭހަތަކެއް

338602_3_b4d4ad988a695aac290cda0d5cab5cf4a5944d11.jpg

އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި މެޑިކަލް އިމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ޕާސްޕޯޓަށް އެދި ހުށަހެޅުމުގައި އަވަސް، ލުއިފަސޭހަ ހިދުމަތެއް ދެވޭނެ އިންތިޒާމެއް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ބުނީ މެޑިކަލް އިމަޖެންސީގައި ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓު ހެދުމަށް އަންނަ މީހުންނަށް ހިނދުން ހިނދަށް މި ހިދުމަތް ފޯރުކޮށްދިނުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

މި ބަދަލު ގެނެސްފައި މިވަނީ އޮންލައިންކޮށް ޕާސްޕޯޓާއި އައިޑީކާޑަށް އެދުމާއި ފައިސާ ދައްކަން ޖެހޭ ގޮތަށް ސަރުކާރުން އެއްކޮށް ބަދަލުކުރުމުން އުމުރުން ދުވަސްވީ މީހުންނަށް ދަތިތަކާއި ކުރިމަތިވެފައި ވަނިކޮށެވެ.

އެގޮތުން، އުމުރުން 65 އަހަރުން މަތީގެ މީހުންނާއި މެޑިކަލް އިމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން ބޭނުންނަމަ އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމު އިއްޔެއިން ފެށިގެން ހަމަޖައްސާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން ހަވީރު 5:00 އަށް މި ހިދުމަތް ލިބޭނެ ކަމަށެވެ.

އަދި މެޑިކަލް އިމަޖެންސީގައި ޕާސްޕޯޓަށް އެދޭ މީހުންނަށް ކޮންމެ ވަގުތަކު ހިނދުން ހިނދަށް އެ ހިދުމަތް މިހާރު ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ވެސް ހެނދުނު 8:30 އިން ހަވީރު 5:00 އަށް މި ޚިދުމަތް މިހާރު ލިބޭނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

މީގެ އިތުރުން ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމު ވެސް އިމިގްރޭޝަނުން ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top