ބިދޭސީން، ގަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅަނީ

fa2FMKhG6NXcLRwfCIixCEWHZYMmkuwqcipmNVBD.jpg

ހޯމް މިނިސްޓަރު، އަލީ އިހުސާން

ރާއްޖޭގައި ބިދޭސީން ގަވާއިދާ ޚިލާފަށް ކުރަމުން ގެނދާ ވިޔފާރިތަކަށް ފިޔަވަޅު އެޅުމުގެ ޕްރޮގްރާމެއް ފަށަން ތައްޔާރުވަމުން ދާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިހުސާން ރޭ ވިދާޅުވީ، ރާއްޖޭގައި ވަރަށް ގިނަ ވިޔަފާރިތައް ބިދޭސީން ޑޮމިނޭޓް ކޮށްގެން ކުރަމުން ގެންދާކަމަށެވެ. އަދި އެފަދަ ކަންކަން ބަލާ މޮނިޓަރ ނުކުރެވި ހުރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށާއި، އެހެންކަމުން އެކަމަށް އެ މިނިސްޓްރީން އިސްވެ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވގޮތުގައި ، އެފަދަ ކަންކަން މޮނިޓަރުކޮށް ބެލެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެގޮތުން، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައި، ބިދޭސީންގެ ބެލުމުގެ ދަށުގައި ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ވިޔަފާރިތައް ހިންގާ ފަރާތްތައް ހޯދުމަށް ރެއިޑް ޕްރޮގްރާމެއް ވަރަށް އަވަހަށް ފަށާނެކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، އެފަދަ ތަންތަނުގެ މައުލޫމާތު އެއްކޮށް، ގާނޫނާއި ގަވާއިދުތަކާއި ޚިލާފަށް އެކަން ކުރާނަމަ ވިޔަފާރިތައް ހިންގަމުންދާ ބިދޭސީންނާމެދު ވަގުތުން ވަގުތަށް ގާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top