އަތޮޅު ބުރުގެ ފުރަތަމަ މެޗުން އޭދަފުށި މޮޅުވެއްޖެ

IMG-20250117-WA0003-1536x1023-2.jpg

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި އޭދަފުއްޓާއި ތުޅާދޫ ބައްދަލު ކުރި މެޗު 1-0 ގެ ނަތިޖާއިން އޭދަފުށި ކާމިޔާބުކޮށްފި އެވެ.

މިއަދު ހަވީރު ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ހަމައެކަނި ގޯލު، ނުވަވަނަ މިނެޓުގައި ޖަހައިދިނީ ހުސައިން ޝަރީފެވެ.

ދެވަނަ ހާފުގައި ތުޅާދޫ އިން ވަނީ ކުޅުން ރަނގަޅުކޮށް އޭދަފުށީގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެ ހާފުގައި ތުޅާދޫގެ ހަމަލާތައް މަތަކުރުމުގައި ގޯލްކީޕަރު އަބްދުﷲ ނާސިހު މޮޅު ކުޅުމެއް ދެއްކި އެވެ. ދެވަނަ ހާފުގައި އޭދަފުއްޓަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވި އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ.

އޭދަފުއްޓާއި ތުޅާދޫގެ އިތުރުން ދެން ބ. އަތޮޅުން ވާދަކުރަނީ ފެހެންދޫއެވެ.

އަތޮޅު ބުރުގެ ދެވަނަ މެޗުގައި މިއަދުގެ މެޗުން ބަލިވި ތުޅާދޫ ދެން ވާދަކުރާނީ ކުރާނީ މި މަހުގެ 22 ވަނަ ދުވަހު ފެހެންދޫ އާއި ދެކޮޅަށެވެ. ލީގު ބުރުގެ ފަހު މެޗުގައި އޭދަފުއްޓާއި ފެހެންދޫ ކުޅޭނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top