ދަރަވަންދޫގައި މީހަކަށް ހަމަލާދީ ބޯ ފަޅާލައިފި

DSCN7780.jpg

ދަރަވަންދޫ : އީވީ ފައިލް ފޮޓޯ

ބ. ދަރަވަންދޫގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު މީހަކަށް ހަމަލާދީ އެ މީހާގެ ބޯ ފަޅާލައިފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު އެ ރަށުގައި ހިންގި މާރާމާރީ އަމާޒުކުރީ ކެފޭއެއް ހިންގާ މީހަކަށެވެ. އެ މީހާއަށް ހަމަލާދިނީ އެ ކެފޭ ބަންދުކޮށްފައި އޭނާ ގެއަށް ދިޔަ މަގުމަތީގަ އެވެ.

ހާދިސާ ހިނގުމާއިއެކު ފުލުހުންނަށް ރިޕޯޓް ކުރި ނަމަވެސް ފުލުހުންނަށް ރަށަށް އާދެވުނީ ބައިގަޑިއެއްހައިއިރު ފަހުންނެވެ.  އޭރު އެރަށަށް އެރި ގްރޫޕް ވަނީ ލޯންޗެއްގައި ރަށުން ފުރައިގެން ގޮސްފައެވެ.

އެ މާރާމާރި ހިނގިތާ ދެ ދުވަސްވީއިރު އަދިވެސް އެ މައްސަލާގައި ތުހުމަތުވާ ބަޔަކު ފުލުހުންނަށް ހޯދިފައި ނުވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކުރި އެވެ.

ފުލުހުން ބުނީ ބުދަ ދުވަހުގެ ރޭ ދަންވަރު ދަރަވަންދޫގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވި މައްސަލައެއްގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާ އަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށް ފަހު މިހާރު ގެއަށް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީއާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top