ކަރަންޓް ޔުނިޓަކުން ތިންލާރި ހެޔޮ ކޮށްފި

fenaka-eyd.jpg

ފެނަކަ އޭދަފުށި ބްރާންޗް

ފެނަކައިން ދެމުންގެންދާ ކަރަންޓްގެ އަގު މިއަދުން ފެށިގެން ޔުނިޓަކުން 3ލާރި ހެޔޮ ކޮށްފިއެވެ.

ފެނަކަ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލު ވުމުގައި ފެނަކައިގެ ޗެއަރމަން އިގްބާލް އާދަމް ވިދާޅުވީ އެސްޓީއޯއިން ތެލުގެ އަގު ހެޔޮ ކުރުމާގުޅިގެން  ކަރަންޓް ގެ އަގުވެސް ހެޔޮ ކުރަން ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

“ފަހަރެއްގެ ކަރަންޓް ބޭނުންކުރައްވާ ފަރާތްތަކުން ޑީސަލްގެ އަގަށް އައި ބަދަލާއި ގުޅިގެން އަޅުގަނޑުމެންނަަށް މި ހެޔޮކުރެވޭ ކުރެވުން އެ ނިސްބަތުން ކުޑަ އެއްޗެއް ކަމަށް ފަހަރެއްގައި ހީފުޅު ކުރެއްވަފާނެ ކަންނޭންގެ،” އޭނާ ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވީ މިފަހަރު ތިން ލާރި ހެޔޮކުރި ނަމަވެސް ތެލުގެ އަގުހެޔޮ ކުރައްވާ ކޮންމެ ފަހަރަކު ވެސް ރައްޔިތުންނަށް ދެވެން އޮތް ވަރަކުން ލުއި ދެއްވާނެ ކަމަށެވެ.

“މިމަހުގެ ކަރަންޓް ބިލް ފޮނުވާއިރު، މިިދިޔަ ބުރާސްފަތި ދުވަހުން އައި ބަދަލު އިމްޕްލިމެންޓް ކުރާނެ،” އިގުބާލު ވިދާޅުވި އެވެ.

އެސްޓީއޯ އިން މިއަދުން ފެށިގެން ތެލުގެ އަގު ވަނީ ހެޔޮކުރަން ނިންމާފަ އެވެ. އެގޮތުން ޕެޓްރޯލް ލީޓަރަކުން 20 ލާރި އަދި ޑީސަލް ލީޓަރަކުން 10 ލާރި ވަނީ ހެޔޮކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top