އޭދަފުށީގައި ޑެންގީފެތުރުމުގެ ބިރުއެބައޮތް – ސިދުގީ

11219370_506755406145106_389482808254198443_n.jpg

މި ދިޔަ އަހަރު ޖުލައިގާ ހޮސްޕިޓަލުން އިސް ނަގައިގެން ހިންގި މަދިރި އުފެދޭ ތަންތަން ނައްތާލުމުގެ ޕްރޮގްރާމްގެ ތެރެއިން

އޭދަފުށީގައި އަނެއްކާވެސް ޑެންގީހުން ފެތުރިގެން ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށް ބ. އަތޮޅު ހޮސްޕިޓަލްގެ ސީނިއާ ކޮމިއުނިޓީ އޮފިސަރ ސިދުގީ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ސިދުގީ ވިދާޅުވީ މިއަހަރުފެށިގެން މިވީ މަދުދުވަސްކޮޅުގެ ތެރޭގައި ޑެންގީހުމަށް ޕޮޒިޓިވްވެފައިވާ ހަތަރު މީހަކަށް ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމުގައެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެއްކަމުގައި ވިދާޅުވަމުން، މިކަމަށް އެންމެހާ ރައްޔިތުން ހޭލުންތެރިވުމަށާ ޑެންގީ ހުން ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބު ކަމުގައިވާ މަދިރި އުފެދޭ ތަންތަން ނައްތާލުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ސިދުގީ ގޮވާލެއްވިއެވެ.

ސިދުގީ ވިދާޅުގޮތުގައި އޭދަފުށީގެ ކޮނިގޮނޑު ސާފުނުކޮށް އެތައް ދުވަހެއް ވެފައިވާއިރު އެތަނުގައި މަދިރި އާލާވާގޮތަށް ހުރި ދަޅާއި ފުޅިފަދަތަކެއްޗަކީ މިހާރު މިހާރަށްވެސް ނައްތާލަން ޖެހިފައިވާ އެއްޗެތި ކަމަށް ވިދާޅުވިއެވެ. އަދި އެކަމާ ބެހޭ ގޮތުން ރަށު ކައުންސިލާ މިހާރުދަނީ މަޝްވަރާ ކުރެވެމުން ދާކަމަށާކުނިގޮނޑެއް ސާފުނުކުރެވި އެހާ ގިނަދުވަސް ވަމުން ދާނަމަ އެހެނިހެން ނުރައްކާތެރި ބަލިތައް ފެތުރުމުގެ ބިރުވެރިކަމާ ކަންބޮޑުވުންވެސް އެބައޮތްކަމަށް ސިދުގީ ވިދާޅުވިއެވެ.

ބ. އަތޮޅު ހޮސްޕިޓަލުން ވަނީ އަންނަ ހަފްތާއިން ފެށިގެން ހޮސްޕިޓަލުގެ ޓީމެއް އޭދަފުށީގެ ގޭގެއަށާ އާއްމު ތަންތަނަށް ޒިޔާރަތްކޮށް މަދިރި އުފެދޭ ގޮތަށްހުރި ތަންތަން ބަލައި މޮނިޓަރކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top