އޭދަފުށިން ބިން ކުއްޔަށްދޫކުރަން ސަރުކާރުން ނިންމަވައިފި

12509632_795703293867519_470839835926138387_n.jpg

އޭދަފުށި ބިން ހިއްކި ސަރަހައްދުގައި ކުރީގެ ހައުސިންގމިނިސްޓަރއަދި ދާއިރާގެ އެމްޕީ .ސަލީމް _އީވީ ފައިލް ފޮޓޯ

ސަރުކާރުން ކުރިއަށް ގެންދާ ބިންވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އޭދަފުށިން ބިން ކުއްޔަށް ދޫކުރަން ނިންމާފައިވާކަމުގައި ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.

ހައުސިންގ މިނިސްޓްރީން ހިންގާ ބިންވެރި ކުރުމުގެ ދެވަނަ ބުރުގައި އޭދަފުއްޓާއެކު ދެން ހިމެނޭ ރަށްރަށަކީ ހއ.ދިއްދޫ، ހދ. ކުޅުދުއްފުށި ، ހދ.ހަނިމާދޫ ، ނ.ވެލިދޫ، ބ.ތުޅާދޫ، އަދި ކ.ތުލުސްދޫއާއި ދ.މީދޫޫއެވެ.

މި ރަށްރަށުން ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 13ވާ އާދީއްތަ ދުވަހާހަމައަށް ވަނީ ހުޅުވާލާފައެވެ.

މިގޮތުން ދޫކުރެވޭ ބިންތަކާ ބެހޭ މައުލޫމާތާއި ޕްރޮޕޯސަލް ހުށަހަޅަންވީ ގޮތާ މިކަމަށް އެދޭ ފޯމާއި މިނޫނަސް އިތުރު މައުލޫމާތާއި އަންނަ ހޯމަދުވަހުން ފެށިގެން އެމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެކަމުގައި ހައުސިންގމިނިސްޓްރީން ބުނެއެވެ.

ހައުސިންމިނިސްޓްރީން ކުރިން ބުނެފައިވަނީ މި ގޮތަށް ރަށްރަށުން ބިން ކުއްޔަށް ދޫކުރަނީ އެރަށް ރަށުގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ކަމުގައެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި، އާމްދަނީ އިތުރުކުރުމަށް ކުރާ ކަންތަކުގެ ތެރޭގައި ފަޅުބޮޑު ރަށްރަށް ހިއްކައިގެން އިގްތިސާދީ ބޭނުންތަކަށް އެބިންތައް ކުއްޔަށް ދީގެން އެއް ބިލިއަން ރުފިޔާ ހޯދުުމަށް ބަޖެޓްގައި ޖަހާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top