ބ.މާޅޮހުގައި ފެނުގައި ގަސް ހައްދާ ނިޒާމު ރަސްމީކޮށް އިފްތިތާހު ކޮށްފި

big_ZaSIQduFwSZT9tnDlHORTX0L3.jpg

މާޅޮހުގައި ފެނުގައި ގަސްހައްދާ ނިޒާމު ގާއިމް ކުރުން --ފޮޓޯ :ޕީއެސްއެމް ނިއުސް

ބ.މާޅޮހުގައި ފެނުގައި ގަސް ހެއްދުމުގެ ނިޒާމު ނުވަތަ ހައިދްރޯޕޯނިކްސް ނިޒާމު ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

މި ނިޒާމު އިފްތިތާހު ކޮށްދެއްވީ މިއަދު ހެނދުނު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ގޯތި ތެރޭގައި އޮންނަ ހުސްބިންކޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތްކޮށްގެން އެދެވޭ މަންފާއެއް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ދަނޑުބިމުގެ ގޮތުގައި ބޭނުންކުރާ މިންވަރަށް އެކަށީގެންވާ ބިން ލިބެން ނެތް ރަށްރަށަށް ފެނުގައި ދަނޑުވެރިކަން ކުރުމުގެ ނިޒާމް ތަޢާރަފްކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. އެގޮތުން މިއަހަރު މި ޕްރޮގްރާމް ހިންގަން ހަމަޖައްސާފައިވަނީ ބ. މާޅޮހުގައެވެ.

ފެނުގައި ގަސް ހައްދާނެ ގޮތް ދަސްކޮށްދޭ ޕްރޮގްރާމްގައި މާޅޮހުން 25 ފަރާތަކުން ބައިވެރިވެރިވެ ކޯސް ފުރިހަމަކުރިއިރު، ހޮވާލެވުނު 10 ގެއަށްވަނީ ހައިޑްރޯޕޯނިކްސް ސިސްޓަމް ހަދިޔާކޮށްފައެވެ. އަދި މި ސިސްޓަމްތަކުގައި ފުރަތަމަ ފަހަރަށް ކާމިޔާބު ކަމާއިއެކުވަނީ ގަސްހައްދާފައެވެ.

މި ޕްރޮގްރާމްގެ ދަށުން ފިޝަރީޒް މިނިސްޓްރީން މި ނިޒާމު ގާއިމްކޮށްދީފައިވާ ކޮންމެ ގެއެއްގައި ލެޓިއުސްފަދަ ފަތްޕިލާވެލި ހައްދާ ސިސްޓަމަކާއި ކިޔުކަންބާ އަދި މެލަންގެ ބާވަތްތައް ހެއްދުމަށް ޚާއްސަ ސިސްޓަމެއް ވަނީ ގާއިމްކޮށްދީފައެވެ. މިއިން ކޮންމެ ސިސްޓަމަކުން 12 ކިލޯ އަދި ކިއުކަންބާއާއި މެލަން ހެއްދުމަށް ޚާއްސަ ސިސްޓަމްތަކުން ކޮންމެ ސިސްޓަމަކުން 65 ކިލޯ އުފެއްދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top