ބެލެނިވެރިންގެ އަތުން ބޮޑެތި ހޭދަކޮށްގެން މުނާސަބާތައް ފާހަގަ ނުކުރަން އަންގައިފި

D0WMGuNUYAEu0fI-876x678.jpg

އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ

ބެލެނިވެރިންގެ އަތުން ބޮޑެތި ހޭދަތައް ކޮށްގެން ހަފްލާތަކާއި ދުވަސްތައް ފާހަގަ ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

އެ މިނިސްޓްރީން މިކަން އަންގާފައިވަނީ ސްކޫލްތަކުގެ އިސްވެރިންނަށް އިއްޔެ ފޮނުއްވި ސިޓީއެއްގައެވެ.

އެ ސިޓީގައި ބުނެފައިވަނީ ސްކޫލްތަކުން އެކި މުނާސަބަތުތަކާއި ގުޅުވައިގެން އެކިއެކި ދުވަސްތައް ފާހަގަކުރުމަށް ބޮޑެތި ހޭދަތައް ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި މިކަމަށް ބޭނުންވާ ފައިސާ ޕީޓީއޭ މެދުވެރިކޮށް އަދި އެކި ފަރާތްތަކުން ދޭ ހިލޭ އެހީ އާއި ސްޕޮންސަރުންގެ އަތުން ހޯދާކަންވެސް  ފާހަގަކުރެވިފައިވާ ކަމަށެވެ.

”މިފަދަ ކަންކަމަށް ޚަރަދު ކުރަން ބެލެނިވެރިންގެ އަތުން ފައިސާ ހޯދާ ހޭދަކުރުމަކީ މިނިސްޓްރީން އެއްވެސް ވަަރަކަށް ތަރުހީބު ދޭ ކަމެއް ނޫނެވެ. އެކަމުގެ ޝަކުވާ ބެލެނިވެރިންގެ ފަރާތުން ލިބެމުން އާދެއެވެ.“ ސިޓީގައި އިތުރަށް ބުނެފައި ވެއެވެ.

ސްކޫލްގައި ރާވާ ހިންގާ ކޮންމެ ހަރަކާތަކީ އެކަމުގެ ސީދާ މަންފާ ދަރިވަރުންނަށް ކުރާ ގޮތަށް ހިންގާ ހަރަކާތްތަކަށް ހެދުމާއި ބެލެނިވެރީން ދަރިންނަށްޓަކައި ކުރާ ކޮންމެ ހޭދައަކީ އެކަމުގެ ސީދާ މަންފާ ދަރިވަރުންނަށް ކުރާ ކަންކަމަށް ހެދުމަށް މިނިސްޓްރީން އަބަދުވެސް ބާރުއަޅާކަމަށްވެސް ސިޓީގައި ބުނެފައި ވެއެވެ.

ދުވަސްތައް ފާހަގަކުރުމަށް އަގުބޮޑު ހަދިޔާ ދިނުމާއި އެކިއެކި ހަފްލާތައް ބޭއްވުމަށް ބޮޑެތި ހޭދަ ނުކުރުމަށް އިލްތިމާސް ކޮށްފައިވާއިރު އެގޮތަށް ކުރެވޭ ކަންކަމުގެ ސަބަބުން އެއް ކުލާހެއްގައި ކިޔަވާ ދަރިވަރުންގެ މެދުގައި އަޅާ ކިޔުމާއި ދޭދޭ ސްކޫލްތަކުން ކުރާ ކަންކަމުގެ ސަބަބުން ސްކޫލްތަކުގެ މެދުގައި އަޅާ ކިޔުމަށް މަގުފަހިވެ ސްކޫލް ތެރޭގައި ދަރިވަރުން ދަރަޖަކުރެވި ލޭބަލް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށްވެސް އެޑިއުކޭޝަންގެ ސިޓީގައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top