ނަންބަރު ބޯޑު ހުރީ ގަވާއިދާއި އެއްގޮތަށްތަ؟ މިއަދުން ފެށިގެން ފިޔަވަޅު އަޅާނެ

IMG_20210218_164004037-800x470-800x470.jpg

އެއްގަމު އުޅަނދުތަކުގެ ނަންބަރު ބޯޑު ގަވާއިދަށް ނުފެތޭ ނަމަ، މިއަދުން ފަށައިގެން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިމިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، މިއަދ8ުން ފެށިގެން ގަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އެންގުމާއި ގުޅިގެންނެވެ.

ގަވާއިދުގައިވާ ގޮތުން އެއްގަމު އުޅަނދުގައި ހަރުކުރާ ނަންބޯޑުގެ އަކުރުތައް ހުންނަންވާނީ “އޭރިއަލް ބޯލްޑް” ފޮންޓުންނެވެ. އަދި ބޯޑުގައި ހުންނަ އަކުރުތައް ވަކިން ކަނޑާނަގައިގެން ބޭނުން ކުރުމާއި އެއް މިލިމީޓަރަށްވުރެ އުސްކޮށް އުފުލިފައި ހުންނަ ގޮތަށް ބޯޑު ތައްޔާރުކޮށްގެން ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

ސައިކަލެއް ނަމަ ސައިކަލުގެ ކުރީ ބޯޑު ހުންނަން ވާނީ 80mm x 135mm އަށެވެ. އަދި ފަހަތު ބޯޑު ހުންނަން ވާނީ 110mm x 180mm އަށެވެ. އަދި ކާރެއް ނަމަ ކާރުގެ ކުރިއާއި ފަހަތުގެ ބޯޑު ވެސް ހުންނަން ވާނީ 160mm x 280mm އަށް ކަމަށް ގަވައިދުގައި ބަޔާންކޮށްފައި ވެއެވެ.

އޭގެ އިތުރަށް ނަންބަރު ބޯޑު ހަރުކުރުމަށް ޖަހާފައި ހުންނަ އިސްކުރު އެއް ސެންޓިމީޓަރަށް ވުރެ ދިގުކޮށް ބޯޑުގެ ބޭރަށް ނުކުމެފައި ހުރުމަކީ ވެސް މަނާ ކަމެކެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ އެއްގަމު ދަތުރު ފަތުރުގެ ގާނޫނުން ބާރު ލިބިގެން އެކުލަވާލާފައިވާ “އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު” ގެ 8 ވަނަ މާއްދާ އާއި އެ ގަވާއިދުގެ 9 ވަނަ މާއްދާގައިވާ ފަދައިން ނޫން ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލްއޭވިއޭޝަނަށް ފާހަގަ ކުރެވިގެން އެމިނިސްޓްރީން ވަނީ މިދިޔަ ހޯމަ ދުވަހު އާންމުކޮށް އަންގައި އިއުލާނުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top