މިއަދުވެސް އޭދަފުށްޓަކަށް މޮޅެއް ނުވެވުނު

12316139_932904383451244_994407215215698919_n.jpg

ހިންނަވަރު ޓީމު

މިނިވަން 50 ފުޓްބޯޅަ މުބާރާތުގެ ޒޯން3 ގައި މިއަދު ހިންނަވަރާއި އޭދަފުށި ބައްދަލުކުރި މެޗް ނިމުނީ 5-5ން ގެޓީމު އެއްވަރުވެގެންނެވެ. މި ދެޓީމް އޭދަފުށީގައި ބައްދަލު ކުރި މެޗުގައި ހިންނަވަރުކޮޅަށް އޭދަފުށީގެ ޒުވާން ޓީމު 5 ލަނޑުން މޮޅުވެފައިވާ އިރު މިއަދުގެ މެޗުންއެއްވަރުވުމަކީ އޭދަފުށީގެ ފެންވަރާމެދު ގިނަބަޔަކު ސުވާލު އުފައްދަމުންދާ ކަމެކެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު 4-2ން ލީޑު ހޯދާފައިވަނީ އޭދަފުށްޓެވެ. އެހެންނަމަވެސް ދެވަނަ ހާފުގައި ހިންނަވަރުޓީމުމޮޅަށް ކުޅެ ވަރުބަލިވެފައިވާ އޭދަފުށި ކުޅުންތެރިންގެ ކުރިއަށްއަރައި އިތުރު ތިންލަނޑު ޖެހިއިރު އޭދަފުށްޓަށް ޖެހިފައިވަނީ އެންމެ ލަނޑެކެވެ. ނަތީޖާއަކީ 5-5 ން ދެޓީމު އެއްވަރުވުމެވެ.

މިއަދުގެ މެޗުން އޭދަފުށި މޮޅުނުވުމާމެދު ތަޖްރިބާކާރު އަދި ފުޓްބޯޅައިން ރާއްޖެއަށް ރިހި މެޑެލް ހޯދައިދިން ގައުމީ ޓީމުގެ ކުޅުންތެރިޔާ އަބްދުލްވާހިދު ވިދާޅުވީ ކުޅުންތެރިންގެ ފިޓްނަސްލެވެލް ދަށްވުމަކީ މިއަދުގެ މެޗުން ބަލިވުމުގ އެންމެ ބޮޑު ސަބަބުކަމުގައެވެ. އެހެން އެދިމާވީ 5 ދުވަހުގެ ތެރޭގައި ހަތަރު މެޗު ކުޅެން ދިމާވުމުން ކަމުގައިވެސް ވާހިދު ވިދާޅުވިއެވެ. ހަމައެއާއެކު ހިންނަވަރުގައި ކުޅެން ޖެހުނީ ޓާފް ދަނޑެއްގައި ކަމުން އެފަދަ ދަނޑުތަކަކީ އަޅުގަނޑުމެންގެ ކުޅުންތެރިންނާ އެހާ ރައްޓެހި ދަނޑުތަކަކަށް ނުވާތީ އެއީވެސް މޮޅުވުމަށް އެޅުނު ހުރަހެއްކަމުގައި ވިދާޅުވިއެވެ.

މިމުބާރާތުގައި ހިންނަވަރުވަނީ ތިންމެޗު ކުޅެ ދެމެޗުން ބަލިވެ އެއްމެޗުން އެއްވަރުވެފައެވެ. އޭދަފުށިވަނީ ދެމެޗު ކުޅެ އެއްމެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top