މާޅޮހުގައި ފެންބޮޑުވެއްޖެ

viber_image_2020-11-18_11-51-58-1-800x525-oyl90v69tij9mdt779r34z8bn51ytfwg7z0w8br3hg-1.jpg

މިދިޔަ އަހަރު ކުރި ވިއްސާރައީގާ މާޅޮހުގައި ފެންބޮޑުވެގެން ސިފައިން ހަރަކާތްތެރިވަނީ : ފޮޓޯ: އެމްއެންޑީއެފް

މިހާރު ކުރަމުން މިދާ ވިއްސާރައިގާ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބ.މާޅޮހުގައި ފެންބޮޑުވެއްޖެ އެވެ.

ބޮކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅިރަށުގައި ފެންބޮޑުވެގެން އެކަން ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އަށް ރިޕޯޓުވެސް ކޮށްފައެވެ.

އެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާޅޮހުގެ އިތުރުން ޅ. ނައިފަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ރަށުގައި އެއްކޮށް ކަހަލަ ގޮތަކަށް ފެންބޮޑުވެ އާންމު ފަރުދުންގެ އާންމު ދިރިއުޅުމަށް ވަނީ އަސަރުކޮށްފައިކަމަށާއި ށ. ގޮއިދޫގައި ވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ކަމުގަ އެވެ.

”އަދި އއ. ފެރިދޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގައި ވަނީ ފެންބޮޑުވެފައި އަދި ދެ ގެއަކަށް ދިރިއުޅުމަށް ދަތިވާ ވަރަށް ފެންބޮޑުވެފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައި.”އެންޑީއެމްއޭގެ ބަޔާނުގައި ބުންޏެވެ.

އެ އޮތޯރިޓީން ބުނީ ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ރަށްރަށުގައި ކައުންސިލްތަކުން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް ވެސް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް މެންދަމު ވާރޭވެހި ގެއަށް ފެންވަނުމުގެ ސަބަބުން ފަރުނީޗަރާއި ކަރަންޓު ސާމާނަށް ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް އެދިފައިވެއެވެ.

އެންޑީއެމްއޭއިން އިތުރަށް ބުނީ ވިއްސާރައިގެ އެލާޓު ނެރޭ ރަށްތަކުގެ ހާލަތު އެ އޮތޯރިޓީން 24 ގަޑިއިރު މޮނީޓާ ކުރަމުންދާ ކަމަށެވެ. އެގޮތުން ފެންބޮޑުވާ ހާލަތްތަކުގައި ލަސްނުކޮށް އެ އިދާރާއަށް ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top