ރިޔާސީ އިންތިހާބުގެ އޮފިޝަލުންނަށް މި ހަފްތާގައި އެލަވަންސް ދޭނެ: އީސީ

DSCN3195-scaled.jpg

ރިޔާސީ އިންތިޚާބު 2023ގެ ވޯޓުލުން އޭދަފުށީގައި ---އީވީ ފައިލް ފޮޓޯ

ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް މި ހަފްތާގައި އެލަވަންސް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 5،000 އަށް ވުރެ ގިނަ އޮފިޝަލުން މަސައްކަތް ކޮށްފައިވެ އެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ މިމަހު ކުރީކޮޅު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ޓްރެއިނަރުންނާއި، ކޯޑިނޭޓަރުންނާއި، ލިއޭޒަން އޮފިސަރުންނާއި، މާލޭ ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރި އޮފިޝަލުންނާއި، ރިޒާވް އޮފިޝަލުންގެ އެލަވަންސް ދީފައިވާ ކަމަށެވެ.

އެލަވަންސް ނުދެވި ތިބި އޮފިޝަލުންނަށް ވެސް އެލަވަންސް ޖަމާކުރުމަށް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވަނީ ވިދާޅުވެފަ އެވެ. ހަބީބު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ މިފެށޭ ހަފްތާގެ ނިޔަލަށް ހުރިހާ އޮފިޝަލުންނަށް އެމީހުންގެ އެލަވަންސްތައް ދީ ނިންމުމަށް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ފުރަތަމަ ބުރަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވި އެވެ.

ވޯޓުލާ މަރުކަޒުގެ ވެރިއެއްގެ އުޖޫރައަކީ ދުވާލަކަށް 1،500 ރުފިޔާ އެވެ. އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1،200 ރުފިޔާ އަދި ވޯޓުލާ މަރުކަޒުގެ އޮފިޝަލެއް ނަމަ 1،000 ރުފިޔާ އެވެ. އަދި ރިޒާވް އޮފިޝަލުންނަށް 500 ރުފިޔާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވައިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top