ހިތާދޫގައި ބޭއްވި ޓާޓަލް ފެސްޓިވަލް ނިންމާލައިފި

DSC_4963-1024x683.jpg

ޓާޓްލް ފެސްޓިވަލްގެ ތެރެއިން

ވެލާ ކަހަނބު ހިމާޔަތްކުރުމުގެ މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ، އޮލިވް ރެޑްލީ ޕްރޮޖެކްޓުން އިންތިޒާމުކޮށްގެން ބ. ހިތާދޫގައި ބޭއްވި ޓާޓަލް ފެސްޓިވަލް މިއަދު ނިންމާލައިފި އެވެ.

އެކި ސްޓޯލްތައް ހިމަނައިގެން ބޭއްވި މި ފެސްޓިވަލްގައި ތިމާވެށީގެ ގިނަ ޖަމިއްޔާތަކުގެ އިތުރުން ބ. އަތޮޅުގެ ގިނަ ސްކޫލްތަކުގެ ކުދިންނާއި ރިސޯޓްތަކުން ވަނީ ބައިވެރިވެފަ އެވެ.

މި ފެސްޓިވަލްގައި ދުނިޔެއިން ނެތިގެން ހިގައިދާނެ ކަމަށް ބެލެވޭ ވެލާ ކަނހަބު ދައްކާލުމާއި އެކު ތިމާވެއްޓަށް ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރި ކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ހިންގައިފަ އެވެ. އަދި ބ. އަތޮޅުގެ ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުގައި ހުންނަ އޮލިވް ރިޑްލީ ރެސްކިއު ސެންޓަރަށް ސްކޫލުތަކުގެ ދަރިވަރުން ގެންގޮސް އެތަނުގައި ވެލާ ކަހަނބު ހިމާޔަތްކުރުމަށް މަސައްކަތްކުރާގޮތްވެސް ވަނީ މި ފެސްޓިވަލްގެ ބައިވެރިންނަށް ދައްކާލައިފަ އެވެ.

މި ފެސްޓިވަލާއި ގުޅިގެން ސްކޫލް ކުދިންގެ މެދުގައި ބޭއްވުނު އެކި އެކި މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުންވެސް އޮތެވެ.

މިއީ ވެލާ ކަހަނބު ހިމާޔަތް ކުރުމަށް އާއްމުން ހޭލުންތެރިކުރުމަށް ބ. އަތޮޅުގައި ބޭއްވި ފުރަތަމަ ޓާޓަލް ފެސްޓިވަލެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top