ރޯދަމަހު ކަރަންޓް ޔަގީން ކޮށްދިނުމަށް މިދަނީ މަސައްކަތްތަކެއް ކުރަމުން :ފެނަކަ

DSCN2187.jpg

ކުރިމަތިވަމުން އަންނަ ރޯދަމަހު ރާއްޖޭގެ އެއްވެސް ރަށަކުން ކަރަންޓް ނުކެނޑޭނެ ގޮތަކަށް ކަންކަން ރޭވިގެން ކުރިއަށް ގެންދެވޭތޯ މަސަައްކަތް ކުރަމުން އެބަދާކަމަށް ފެނަކަ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާނު ވިދާޅުވެއްޖެއެވެ.

ދުވަހު އޮންލައިން ނޫސް “ވަގުތު ” އަށް ދެއްވި ބަސްދީގަތުމެއްގައި ލައްމާނު ވިދާޅުވީ ކަރަންޓްގެ ޔަޤީންކަން އިތުރުކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން ވަރަށް ބައިވަރު މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށްޓަކައި ބޭނުންވަނީ ސްފެއާ ޕާޓްސްއާއި ޖަނަރޭޓަރާއި ކޭބަލް އަދި ޓްރާންސްފޯމަރު ކަމަށާއި މި ތަކެތި ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ލައްމާނު ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވަރަށް ލުއި ގޮތަތްތަކެއް ހައްދަވައިދެއްވާފައިވާ ކަމަށާއި ރޯދަމަހުގެ ތެރޭގައި މިހާރާއި އަޅާ ބަލާއިރު ވަރަށް ބޮޑު ތަފާތެއް ފެނިގެން ދާނެ ކަމުގައެވެ.

ފެނަކަ އަކީ ރާއްޖޭގެ 150އަށްވުރެ ގިނަ ރަށުގައި ކަތކަރަންޓްގެ ޚިދުމަތް ފޯރިކޮށްދޭ މުވައްސަސާއެވެ. ރައީސް ޔާމީންގެ “24 ގަޑިއިރު ކަރަންޓް ޔަގީން” ވައުދު ފުއްދުމުގައި ފެނަކަ އިން މިހާރު ވެސް ދަނީ ބޮޑެތި މަސއްކަތް ތަކެއް ކުރަމުން ކަމަށް ފަނަކަ އިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top