ފައިނަލް ބުރުގެ ދެވަނަ މެޗް ފެހެންދޫ ކާމިޔާބު ކޮށްފި

31124748_1957450090995495_2127207502532575232_n.jpg

ފެހެންދޫ ޓީމް

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ފެހެންދޫ އާއި ހއ. މުރައިދޫ ބައްދަލު ކުރި މެޗް 4-0 ގެ ބޮޑުތަފާތަކުން ފެހެންދޫ މޮޅުވެއްޖެއެވެ.

ށ.ފޯކައިދޫ ގައި ކުޅުން މި މެޗުގައި ފެހެންދޫ ޓީމަށް ލަނޑުތައް ޖަހައިދީފައިވަނީ އިބްރާހިމް މާޖިދު އާއި އާދަމް ނިޒާމް އާއި ހުސައިން އީމާން އަދި ހަސަން ޝުޖާއު އެވެ.

ފެހެންދޫ ޓީމްވަނީ ފައިނަލް ބުރުގ ފުރަތަމަ މެޗުގައި ފޯކައިދޫއާ ކުޅެ 2-3 އިން ބަލިވެފަ އެވެ.

މި މޮޅާއެކު ފެހެންދޫ ވަނީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ.

މި ގްރޫޕްގެ އެއްވަނައިގާ އޮތީ ހަ ޕޮއިންޓާއެކު އއ. މާޅޮހާއި ށ. ފޯކައިދޫ އެވެ. މުރައިދޫ އަށާއި ފެންފުއްޓަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

މި މުބާރާތުގައި ފެހެންދޫ ދެން ބައްދަލުކުރާނީ އއ. މާޅޮހާ އެވެ. އެ މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހު ހަވީރު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top