ކޮވިޑް-19 : މަންޑޭގެ އެހީތެރިކަން މިފަހަރު އޭދަފުއްޓަށް.

Mandey.jpg

ކޮވިޑް- 19 ގެ ވަބާއިން ރައްކާތެރިވުމަށް ބޭނުންވާ ބައެއްތަކެތި ރާއްޖޭގެ ރަށްރަށަށް ފޯރު ކޮށްދިނުމުގައި ދީލަތި އެހީތަކެއް ވެދެއްވަމުން ގެންދަވާ ހަސަން މަމްދޫހު (މަންޑޭ)ގެ ކޭޕާކް ރެސިޑެންސް އޮފީހާއި އޭނާގެ ހަންބޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އޭދަފުއްޓަށް އެހީވެދީފި އެވެ.

މާޅޮހާއި ކުޑަރިކިލަށްވެސް ކޮވިޑް އިން ރައްކާތެރި ވުމަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާ ކުރައްވާފައިވާ މަންޑޭގެ ފަރާތުން އޭދަފުއްޓަށް ހަދިޔާ ކޮށްފައިވަނީ ފޭސްމާސްކާއި އަންގި އެވެ. އޭނާވަނީ 500 ފޭސް މާސްކާއި 200 އަންގި އޭދަފުއްޓަށް މިއަދު ހަދިޔާ ކުރައްވާފައެވެ.

މަންޑޭގެ ދީލަތި މި އެހީ ފާހަގަކޮށް އޭދަފުށީ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެަވެ.

މީގެ ދެ ހަފުތާ ކުރިން މަންޑޭ ފެއްޓެވި އެހީގެ ޕްރޮގްރާމްގައި މިހާރު ރާއްޖޭގެ 30 ޕަސެންޓް ރަށްރަށް ކަވަރު ކުރެވިފައިވާ ކަމަށާއި ކުރިޔަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް މާސްކާއި ސެނެޓައިޒާގެ އިތުރުން ބޭނުންވާ ވަރަށް އަންގި ފޯރު ކޮށް ދެއްވާނެ ކަމަށް މީގެ 1 ހަފްތާގެ ކުރިން އޭނާ ވިދާޅުވި އެވެ.

“އިތުރަށް ބޭނުންވާ ކަމަށް ކަމަށްވާންޏާ އެހީ ދެވަނަ ބުރެއް ވެސް ފަށާނަން. އަޅުގަނޑު މި ބަލަނީ އަދި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް މި އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމަށް. އަޅުގަނޑުގެ އަމާޒަކީ މި ޕްރޮގްރާމުގައި އެހީ ނުލިބޭ އެއްވެސް ރަށެއް ނެތުން،” މަންޑޭ ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top