ރައީސްގެ ދަތުރުފުޅު ކުއްލިއަކަށް ފަސްކުރައްވައިފި

DSCN5044.jpg

ރައީސްގެ ދަތުރުފުޅަށް އޭދަފުށި އައީ ވަރަށް ބޮޑަށް ތައްޔާރު ވަމުން- ފޮޓޯ :އީވީ

އަންނަ އަންގާރަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަންނަ އަންގާރަ ދުވަހު އޭދަފުށްޓަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރައްވައިފިއެވެ.

މިޚަބަރު  އޭދަފުށީ ކައުންސިލުން ޔަގީން ކޮށްދީފައިވާއިރު  ދެން މި ދަތުރުފުޅު ކުރައްވާނީ މިމަހުގެ 25ގައި ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް އަށް މަރްހަބާ ދެންނެވުމުގެ ގޮތުން އޭދަފުށީ ބަނދަރުގައި ހުރި ޕޯސްޓަރެއް- ފޮޓޯ : އީވީ

ރައީސްގެ ދަތުރުފުޅަށްމަރުހާބާ ދެންނެވުމުގެ ގޮތުން އޭދަފުށި އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. މުޅި ބަދަރު މަތި ހިޔާވެފައި އޮތީ ފެއްސާ ރަތާއި ހުދުކުލައިންނެވެ. މީގެ އިތުރުން ރައީސްއަށް މަރްހަބާ ދެންނެވުމުގެ ގޮތުން ލިޔެފައިވާ ޕޯސްޓަރު ތަކުންނާއި ރާވާފައިވާ އެކިއެކި ޕްރޮގްރާމްތަކުން ސިފަވެގެންދަނީ ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމަކީ އޭދަފުށްޓަށް އަންނަ އުފާވެރި އީދެއްގެ ގޮތުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top