ކެންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް ބީލަމަށް

14322677_1344416892249975_966449601420889806_n.jpg

ބ.ކެންދޫ

ލޮނު ފެނުން މީރުފެން އުފައްދާ ނިޒާމް ޤާއިމްކޮށް، އިޖުތިމާޢީ އިސްކުރު ބަރިތައް ބަހައްޓައިގެން، 14 ބ.ކެންދޫގައި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢު ބީލަމަށް ލައިފިއެވެ.

އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވިގޮތުގައި މި މަޝްރޫއަކީ އޮޕެކް ފަންޑް ފޮރ ޑިވެލޮޕްމަންޓް، އޮފިޑްގެ ލޯން އެހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. އޮފިޑްގެ ލޯނު އެހީގައި ކެންދުއާއެކު ދުމްލަ 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކުރުމަށް ބީލަމަށް ހުޅުވާލާފައިވެއެވެ.

މިރަށްތަކުގައި ލޮނުފެނުން މީރުފެން އުފައްދާ، އާރު އޯ ޕްލާންޓް ޤާއިމްކުރުމުގެ އިތުރުން ފެން ރައްކާކުރާނެ ތާނގީތައް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. މަޝްރޫޢު ފަރުމާ ކުރެވިފައިވަނީ އެރަށެއްގެ އާބާދީއާއި ބިމުގެ ނިސްބަތަށް ބަލައި ޢާންމުންނަށް ފަސޭހައިން ފެންލިބޭނެ ގޮތަށް ރަށުގެ އެކި ސަރަޙައްދުތަކުގައި އިސްކުރުބަރި ހަރުކޮށްގެންނެވެ.

އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި މި ރަށްތަކުގައި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތްތައް ފެށުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top