ޖެނުއަރީމަހު އެންމެ ގިނައިން ސަރވިސްޗާޖް ލިބުނު ބ.އަތޮޅުގެ ރިސޯޓަކަށް ލަނޑާގިރާވަރު

77203458.jpg

ފޯސީޒަން ލަނޑާގިރާވަރު ރިސޯޓް - ފޮޓޯ : ބުކިންގ ޑޮޓްކޮމް

ވޭތުވެދިޔަ ޖަނަވަރީމަހު ބ. އަތޮޅުގެ ރިސޯޓްތަކުގެ ތެރެއިން ސާވިސް ޗާޖުގެ ގޮތުގައި އެންމެގިނަ ފައިސާ ދިން ރިސޯޓުގެ ގޮތުގައި ފޯސީޒަން ލަނޑާ ގިރާވަރު ހިމެނިއްޖެއެވެ.

ފޯސީޒަން ލަނޑާގިރާވަރު މި ލިސްޓުގެ އެއްވަނައަށް އައީސަރވިސް ޗާޖްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް 2351 ޑޮލަރު ލިބުމާއެކުއެވެ.

ބ.އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓުތަކުގެ ތެރެއިން ދެން އެންމެ ގިނައަދަދަކަށް ސަވިސްޗާޖް ދީފައިވަނީ އަންނަތަރާ ކިހަވައް ރިސޯޓުންނެވެ. އެރިސޯޓުން ސަރވިސްޗާޖަށް ލިބިފައިވަނީ 1836ޑޮލަރެވެ.

ބ.މުއްދޫގައި ހންގަމުން އަންނަ ދުސިތުތާނީން ލިބިފައިވަނީ 1301 ޑޮލަރ ލިބުނުއިރު ވަރަށް ފަހުން ހުޅުވި މިލައިދޫ އައިލެންޑް ރިސޯޓުން ލިބިފައިވަނީ 1250ޑޮލަރެވެ.

ބ.އަތޮޅުގެ އެހެން ރިސޯޓު ތަކުން މިމައުލޫމާތު އީވީއަށް ލިބިފައި ނުވާތީ އެމައުލޫމާތު ނުހިމެނުނީއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top