ހަރަމްފުޅުގައި ހިނގި ހާދިސާގައި ޒަޚަމްވިމީހުންނަށް ސައޫދީން އެއްމިލިޔަންރިޔާލް

ސައޫދީރަސްގެފާނު ސަލްމާން

ސައޫދީރަސްގެފާނު ސަލްމާން

ސައޫދީ ގެޒެޓްގައިވާގޮތުން މިދިޔަ ހުކުރުދުވަހު މައްކާގެ ހަރަމްފުޅުގައި ހިނގި ކެރޭންވެއްޓުމުގެ ހާދިސާގައި ނުކުޅެދިކަންލިބުނު ކޮންމެ މީހަކަށް އެއްމިލިޔަން ސައޫދީރިޔާލް (ސާޅީސްއެއްމިލިޔަން ރުފިޔާ )ދިނުމަށް އަދި މިނޫންގޮތަކުންވެސް ޒަޚަމްވި ކޮންމެ މީހަކަށް ބައިމިލިޔަން ސައޫދީރިޔާލް ދިނުމަށް ރަސްގެފާނު ސަލްމާން ނިންމަވައިފިއެވެ. މީގެ އިތުރުން ޒަޚަމްވީ އާއިލާތަކުގެ ދެމީހަކަށް ސައޫދީ ސަރުކާރުގެ މެހްމާނެއްގެ ގޮތުގައި އަންނައަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތުލިބޭނެއެވެ.

މި ހާދިސާގައި ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެވަގުތު ހަރަމްފުޅުގައި ތިބި މީހުންގެ ތެރެއިން 107 މީހުންވަނީ ނިޔާވެފައެވެ. އަދި 238 މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވެއެވެ.

ހަރަމްފުޅު ބޮޑުކުރުމުގެ މަސައްކަތްކުރުމަށް ގެންގުޅުނު ކެރޭން ފުރޮޅާލުމާއި ގުޅިގެން ހިނގި މި ހިތާމަވެރި ހާދިސާ އާގުޅިގެން އެމަސައްކަތްކުރުމަށް ހަވާލުކުރެވިފައިވާ ސައޫދީގެ މަޝްހޫރު ކޮންސްޓްރަކްޝަން ގްރޫޕްކަމަށްވާ ބިންލާދިން ގްރޫޕް މިހާރުވަނީ ސަސްޕެންޑްކޮށްފައެވެ. ހާދިސާ ހިނގާފައިވަނީ އެގްރޫޕްގެ އިހުމާލުން ކަމަށް ބަލާފައެވެ.

ބިންލާދިން ގްރޫޕަކީ މީގެ އައްޑިހައަހަރު ކުރިން އުފައްދާފައިވާ އަލްގާއިދާގެ ވެރިޔާ އުސާމާބިން ލާދިންގެ އާއިލީކުންފުންޏެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top