ބ.އަތޮޅު ތައުލީމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަ ކުރަނީ

7.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު

ބ.އަތޮޅު ތައުލީމީ މަރުކަޒަށް 40 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން  އެ ސްކޫލްގެ އިސްދަރިވަރުން ގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުމެއް މާދަމާރޭ އެސްކޫލްގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

މާދާމާރޭ 8:45 ގައި އެސްކޫލްގައި ބޭއްވުމަށް ހަމަޖައްސާފައިވާ މި ބައްދަލުވުމަށް އެސްކޫލްގެ ހުރިހާ އިސް ދަރިވަރުންނަށްވެސް ދައުވަތު ދޭކަމުގައި އެސްކޫލުން ބުނެއެވެ.

ރާއްޖެތެރޭގައި ފުރަތަމަ ފަހަރަށް ހުޅުވި އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 4000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތައުލީމު ހާސިލުކޮށްފައެވެ.

ބ.އަތޯޅު ތައުލީމީ މަރުކަޒަކީ ރާއްޖޭގެ އަތޮޅެއްގައި ފުރަތަމަ ހުޅުވި  ނަމޫނާ ކޮމިޔުނިޓީސްކޫލް އެވެ. 1978ގައި ހުޅުވި މިސްކޫލުން މިހާތަނަށް ހަތަރުހާހަށްވުރެ ގިނަ ކުދިން ވަނީ ތައުލީމު ހޯދާފައެވެ.ނަމޫނާ ސްކޫލެއްގެ ގޮތުގައި ހުޅުވީ މިސްކޫލްވަނީ ރާއްޖޭގެ އެހެން ސކޫލްތަކަށް ނަމޫނާ ސްކޫލެއްގެ ގޮތުގައި ތައުލީމީ ގޮތުންވެސް ދައްކާފައެވެ. ކައިރި މާޒީއަށް ބަލާއިރު އެމަރުކަޒު ވަނީ ސާނަވީ އިމްތިހާނުގައި މާލޭގެ ސްކޫލްތަކާ ވާދަކޮށް 2000ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖެތެރޭގެ ސްކޫލަކުން 1 ވަނަ މަގާމުގެ ޝަރަފުވެސް ހޯދާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top