”ކިޑްސް”އިން ކިހާދޫގައި ފަހަން ދަސްކޮށްދޭ ކޯހެއް ހިންގައިފި

FAHANDHAKOWQGe.jpg

"ކިޑްސް " ޖަމިއްޔާގެ ފަރާތުން ކިހާދޫގައި ހިންގި ފަހަންދަސްކޮށްދޭ ކޯސް ނިންމުމުގެ ރަސްމިއްޔާތު - ފޮޓޯ : ކިޑްސް ފޭސްބުކް ޕޭޖް

ކިހާދޫ ‘ކިޑްސް ‘ޖަމިއްޔާގެ ފަރާތުން ޓޮޕްސީ ޓްރެއިނިން ސެންޓަރާއި ގުޅިގެން ކިހާދޫގައި ފަހަން ދަސްކޮށްދޭ ކޯހެއް ހިންގައިފިއެވެ.

މިކޯސް ނިންމުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ކިހާދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ ކިހާދު ސްކޫލުގެ ޕްރިންސިޕަލް ހާރޫން ޔޫސުފެވެ.ކޯހުގައި ބައިވެރިވި 36 ދަރިވަރުންވެސް ވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.

ޖުމްލަ 12 ފިލާވަޅާ އެކު ނިންމާލި މިކޯސް ކުރިއަށް ގެންގޮސްފައިވަނި ބޭސިކް ބައިތަކާ އެކު ފޮތިފަށް އެޅުމާއި، ގިރުވާން ލުމާއި، ޖީބުހަރުކުރުމާއި، އަތްތައްގުޅަން ދަސްކުރުމާ، ޒިބުހަރުކުރަން ދަސްކުރުމާއި، ރޫޖައްސަން ދަސްކޮށްދިނުންވެސް ހިމަނައިގެންނެވެ. މީގެ އިތުރުން މިންތައް ނަގާދޭނެގޮތާއި، ހެދުމަކުން މިން ނަގައިގެން ކަނޑާ ފަހާނެ ގޮތްތަށް ދަސްކޮށް ދީފައިވާނެކަމަށް “ކިޑްސް” އިން މައުލޫމާތު ދެއްވައެވެ.

ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޮޕްސީ ޓްރެއިނިން ސެންޓަރ ގެ ކޯސް ކޯޑިނޭޓަރ ޝިޔާމާ އަޙްމަދު ވިދާޅުވީ މިފަދަ މަސައްކަތްތެރިކަމުގެ ކޯސްތަކުގެ ސަބަބުން އަންހެނުންގެ ބާރުވެރިކަން އިތުރުވެ، ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ މަގުތައް ފަހިވެގެންދާ ކަމަށާއި ގައުމަށް ކޮއްދެވޭނެ އެންމެ ބޮޑު ހިދުމަތަކީ ހެޔޮގޮތުގައި ދަރިންތަރުބިއްޔަތުކޮށް ބަލާ ބޮޑުކުރުން ކަމުގައެވެ.

މިކޯހުގައި ކިޔަވާދެއްވި މުދައްރިސް ހުރުމުގެ އިންތިޒާމް ހިލޭ ހަމަޖައްސަވާދެއްވާފައިވުމާ އެހެނިހެން ގޮތްގޮތުންވެސް ކިހާދޫ ކައުންސިލުގެ ބައިވެރިވުމާއި އެހީތެރިކަން ފާހަގަކުރައްވައި ‘ކިޑްސް ‘ގެ ފަރާތުން ކިހާދޫ ކައުންސިލަށް ޝުކުރު އަދާކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top