ސަރުކާރަށް ތާއީދުކޮށް އޭދަފުށީގައި ހިނގާލުމެއް

Ay1.jpg

ރައީސް ޔާމީނަސަޢި ސަރުކާރަށް ތާއީދުކުރުމުގެ ގޮތުން މިއަދު އޭދަފުށީގައި ބޭއްވި ހިނގާލުމުގެ ތެރެއިން

ރައީސް ޔާމީން އަށާއި ސަރުކާރަށް ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން މިއަދު ހަވީރު އޭދަފުށީގައި ހިގާލުމެއް ބާއްވައިފިއެވެ.

މި ހިނގާލުން ބާއްވާފައިވަނީ ސިޔާސީ ބޭފުޅުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުން ލަސްވެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ގިނަ އަދަދެއްގެ ޒުވާނުންނާއި އިސް ރައްވެހިންގެ އިތުރުން އަންހެނުންވެސް ވަނީ މި ހިނގާލުމުގައި ބައިވެރިވެ ރައީސް ޔާމީނަށް ތާއީދުކޮށް އަޑު އުފުލާފައެވެ.

ސަރުކާރަށާއި ރައީސް ޔާމީނަށް ތާއިދުކޮށް ތަފާތު ޝުއޫރުތައް ލިޔެފައިވާ ފިޔާތޮށި ކުލައިގެ ޕޯސްޓަރުތަކާ އެކު ކުރިއަށް ގެންދިޔަ މި ހިނގާލުން އޭދަފުށީގެ ބޮޑެތި ހުރިހާ މަގެއްގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ޕޯސްޓަރުތަކުގައިވާ ލިއުންތަކަށް ބަލާއިރު ” އޭދަފުށީ ރައްޔިތުން ތިބީ މަނިކުފާނާ އެކުގައި”، ” މިއީ ޒުވާނުންގެ ސަރުކާރެއް”، ”ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާގެ ފުރުސަތު ހޯއްދަވައިދެއްވީ ރައީސް ޔާމީން”، “މިގައުމުގެ ތަރައްގީގެ ބާނީއަކީ ރައީސް ޔާމީން”، “ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވީ ރައީސް ޔާމީން،”ފަދަ އިބާރާތްތައް ހިމެނެއެވެ.

ބ. ތުޅާދޫގައިވެސް އިއްޔެވަނީ ރައީސް ޔާމީނަށާއި ސަރުކާރަށް ތާއީދުކުރުމުގެ ގޮތުން ހިނގާލުމެއް ބާއްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top