ރައީސް ޔާމީންގެ ފުރަތަމަ ދިވެހި ޓްވީޓް: ދުއާކުރެއްވީ ޚާއިނުން ބަލިކުރެއްވުމަށް

yameen-mmm.jpg

ރައީސް، ޔާމީން އަބްދުލްގައްޔޫމް

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީންގެ ފުރަތަމަ ދިވެހި ޓްވީޓް ކުރައްވައިފިއެވެ.

މިއަހަރުގެ މޭ މަހު ޓްވިޓާ ބޭނުން ކުރައްވަން ފެއްޓެވި ރައީސް ޔާމީން މީގެ ކުރިން ޓްވީޓް ކުރައްވަމުން ގެންދެވީ އިނގިރޭސި ބަހުންނެވެ. އެގޮތަށް އެމަނިކުފާނު ޓްވީޓްކުރައްވަނީ ގައުމުގެ ހާލަތު ބޭރުގެ ފަރާތްތަކަށް ހާމަކޮށްދިނުމަށް ކަމަށް ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް ޓުވިޓާއަކީ ދިވެހިބަހުންވެސް ޓުވީޓު ކުރެވޭ ޕްލެޓްފޯމަށް ވާއިރު، ދިވެހި ބަހުން ޓުވީޓު ނުކުރައްވާތީ ޔާމިނަށް ގިނަ ބައެއްގެ ފާޑުކިއުންވެސް ވަނީ އަމާޒުވެފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ޔާމީން ފުރަތަމަ ފަހަރަށް ދިވެހި ބަހުން ކުރެއްވި ޓްވީޓްގައި ދުއާ ކުރައްވާފައިވަނީ މިނިވަންކަން މަތީ ދިވެހިރާއްޖެ އަބަދަށްމެ ލަހައްޓަވައި، ޚާއިނުން ބަލިކަށި ކުރެއްވުމަށެވެ. އަދި ރާއްޖެއަށް އުފާ ފާގަތިކަން މިންވަރު ކުރެއްވުމަށް ދުއާ ކުރައްވާފައި ވެއެވެ.

ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވަ ގޮތުގައި، ގައުމީ ލޯބި ފާޅުކޮށް، އަބަދު ވަތަނީ ލޯބި ރަމްޒު ވާގޮތަށް ޔާމިން ޓުވީޓު ކުރައްވާއިރު ދިވެހިބަހުން ޓުވީޓު ނުކުރެއްވުމަކީ ދެކޮޅު ޖެހޭކަމެއް ނޫނވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top