ދިޕިކާ އާއި ރަންވީރުގެ ކައިވެނި 2019 އަށް ލަސްވެއްޖެ

718560-ranveer-singh-deepika-padukone.jpg

ދިޕިކާ އާއި ރަންވީރް ސިންގ

ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުގެ ގޮތުގައި މަޝްހޫރުވެފައިވާ ދިޕިކާ ޕަޑުކޯން އާއި ރަންވީރު ސިންގ ގެ ކައިވެނި އަންނަ ނޮވެމްބަރު މަހުގެ ފަހުކޮޅު ބޭއްވުމަށް ކުރިންވަނީ ނިންމާފައެވެ.

އާއިލާ އާއި ގާތް އެކުވެރިން ހިމެނޭ ގޮތަށް އެންމެ 30 މީހުންނަށް ދައުވަތު ދީގެން އިޓަލީގެ ހިތްގައިމު ލޭކް ކޯމޯގައި ކައިވެނީގެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވާ އިރު ދެތަރިންގެ ގާތް އެކުވެރިން ނަށް ކައިވެނީގެ ދައުވަތުވެސް ފޮނުވާފައިވާ ކަމަށް ވެއެވެ. ދައުވަތު ފޮނުވާފައިވާ ގާތް އެކުވެރިންގެ ތެރޭގައި ޝާހުރުކްޚާނާއި އަރުޖުންކަޕޫރު ހިމެނެއެވެ.

ކައިވެންޏަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވަނިކޮށް މި ކައިވެނި އަންނަ އަހަރު ކުރީކޮޅުގެ ތާރީޚަކަށް ބަދަލު ވެއްޖެކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނަން ފަށައިފިއެވެ. ވަކި ސަބަބެއް ބަޔާން ނުކޮށް ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވަނީ މި ކައިވެނި ދެތިން މަހަށް ފަސްކުރެވުނު ނަމަވެސް އަންނަ އަހަރުގެ ކުރީ ކޮޅުގައި ކައިވެނި ކުރެވޭނެ ކަމުގައެވެ.

ކައިވެންޏަށް ވަގުތު ދިނުމުގެ ގޮތުން އެއްވެސް ފިލްމަކަށް ދިޕިކާ ސޮއި ނުކުރަން އުޅޭ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށް މިހާރު އޭނާ ވަނީ މަޝްހޫރު ދައިރެކްޓަރ މެގްނާ ގުލްޒާރު ގެ ފިލްމަކަށް ސޮއިކޮށްފައެވެ.

މެގްނާއަކީ މި އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އާލިއާ ބަޓްގެ “ރާޒީ” ގެ ޑައިރެކްޓަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top