50އަހަރުން މަތީގެ މީހުންނަށް 3ވަނަ ޑޯޒެއް ދެނީ

293880_3_5e207ae38b72f8b599c5b847b9aba0ad368fa4cb_large.jpg

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމްގައި ނަރުހަކު ވެކްސިން ދިނުމަށް ތައްޔާރުވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި 50 އަހަރުން މަތީގެ މީހުންނަށް ކޮވިޑް-19ގެ 3ވަނަ ޑޯޒެއް ދޭން އެޗްޕީއޭ އިން ނިންމައިފި އެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މިޑޯޒް ދޭން ނިންމާފައިވަނީ ކޮވިޑް-19 ގެ ވެކްސިން ދެޑޯޒް ޖެހިފަހުން ހަމަސް ދުވަސް ފުރިހަމަ ވެފައިވާ މީހުންނަށެވެ. އޭގެތެރޭގައި ކޮވިޑްޝީލްޑް، އެސްޓްރާޒެނެކާ، ސިނޮފާމް އަދި ފައިޒާ ވެކްސިން ޖެހި މީހުން ހިމެނޭނެއެވެ.

ކޮވިޑް ވެކްސިންގެ ބޫސްޓަރ ޝޮޓް ޖެހުމަށް ހަމަޖެހިފައި ވަނީ ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށާއި 50 އަހަރުން މަތީގެ މީހުންނަށާއި އެއަށްވުރެ އުމުރުން ހަގު ނަމަވެސް ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނަށާއި އިމިއުސޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުންނަށެވެ. މިހާތަނަށް 4000އަށްވުރެ ގިނަ މީހުން ވަނީ ޖަހާފަ އެވެ.

ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

އެޗްޕީއޭއިން ބުނީ އޭޑީކޭ ހޮސްޕިޓަލް އަދި ހުޅުމާލޭ ހޮސްޕިޓަލުން މިހާރު ތިންވަނަ ޑޯޒް އެޕޮއިންޓްމެންޓް ނުހައްދާ ދިޔަސް ޖަހައިދޭނެ ކަމަށެވެ. އަދި މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 50 އަހަރުން މަތީގެ މީހުންނަށް ތިންވަނަ ޑޯޒް ޖަހަން ފަށާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top