ދީނީ ކަންކަމަށް ސަރުކާރުންދޭ އަހަމިއްޔަތުކަން ކުޑަކަމަށް ކައުންސިލްތަކުން ފާހަގަކުރޭ: އިސްލާމިކް މިނިސްޓަރު

b_wtNchhPk7nbnPJvb2NOWnYlDv.jpg

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު -- ވަން ފޮޓޯ:

ދީނީ ކަންތައްތަކަށް ސަރުކާރުންދޭ އަހަމިއްޔަތުކަން ކުޑަކަމަށް ކައުންސިލްތަކުން ފާހަގަކުރައްވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަހުމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒާހިރު މިހެން ވިދާޅުވެފައިވަނީ ރައީސް ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ކަމަށް ”ދެން“ ގައި ބުނެފައިވެ އެވެ.

މިނިސްޓަރުގެ ސިޓީގައި ވިދާޅުވީ ޕީއެސްއައިޕީގެ މަޝްރޫޢުގެ ދަށުން 2022 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އަލަށް ފެށުމަށް ހަމަޖެހިފައިވާ 11 މަޝްރޫޢެއް ނިއު ޕޮލިސީ ބަޖެޓްގައި ހިމަނައި އެ މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފައިވާ ކަމަށެވެ. ނަމަވެސް އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިރު ބަޖެޓްގައި ހިމެނީ އެންމެ މަޝްރޫޢެއް ކަމަށެވެ. އަދި 2020 ވަނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ބަޖެޓް އުނިކޮށްފައިވާ ކަމަށާއި 2021ގެ ޕީއެސްއައިޕީ ބަޖެޓްގެ ތެރެއިން ޓެންޑަރިން ނިމިފައި ވަނީ އެންމެ މަޝްރޫއެއް ކަމަށް ވެސް މިނިސްޓަރު ޒާހިރު ފާހަގަ ކުރައްވައިފައި ވެއެވެ.

މިނިސްޓަރު ވިދާޅުވީ އެހެނިހެން ދާއިރާތަކަށް ކުރާ ހަރަދަށް ވުރެ ދީނީ ކަންތައްތަކަށް ކުރާ ހަރަދު ކުޑަކަން ފާހަގަކޮށް ކައުންސިލްތަކުންނާއި އާންމު ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅު ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ޕީއެސްއައިޕީގެ އެއްވެސް މަޝްރޫއެއް އުނި ނުކުރައްވައި ބަޖެޓްގައި ހިމަނައިދެއްވުމަށް  ރައީސް ސޯލިހަށް މިނިސްޓަރު ޒާހިރު ދަންނަވާފައި ވާކަމަށް ”ދެން“ ގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top