”ރެޑްވޭވް“އަށް ގޯލްޑް 100 އެވޯޑު ލިބިއްޖެ

big_RrQJP31s2s3AiGUA5gLzGwkx2.jpeg

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު، އަހުމަދުސަލީމް ގެ ރެޑްވޭވް ކުންފުންޏަށް ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި އެންމެ ކުރިއަރާފައިވާ 100 ކުންފުނީގެ ތެރޭގައި ހިމަނައި، ކޯޕަރޭޓް މޯލްޑިވްސް އިން ދެމުންގެންދާ “ގޯލްޑް 100” އެވޯޑް ލިބިއްޖެއެވެ.

ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހޯލްސޭލް އާއި ރީޓެއިލް ވިޔަފާރި ކުރަމުން އަންނަ ރެޑްވޭވް ކުންފުނިން ހިންގާ ފިހާރަތަކަކީ އާއްމު ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ފޯރުކޮށް ދިނުމުގައި އެންމެ ކުރީގައި އުޅޭ ދިވެހި ބްރޭންޑެކެވެ.

ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން ކްރޮސްރޯޑުގައި ރޭ ބޭއްވި ހާއްސަ އިވެންޓްގައި ރެޑްވޭވްގެ ޗެއާމަން އަހުމަދު ސަލީމްގެ ފަރާތްޕުޅުން އެ ކުންފުންޏަށް ލިބުނު އެވޯޑާއި ހަވާލުވެޑައިގެންފައި ވަނީ ކޮމްޕެނީ ސެކްރެޓަރީ އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއެވެ.

އެވޯޑާ ހަވާލުވުމަށްފަހު ޝުޖާއު ވިދާޅުވީ ގޯލްޑް 100 އެވޯޑު އެ ކުންފުންޏަށް ލިބިފައިވަނީ ސަލީމް ކުރެއްވެވި ބުރަ މަސައްކަތާއި ރެޑްވޭވްގެ މެނޭޖްމެންޓްގެ މިންނެތް މަސައްކަތުން ކަމަށެވެ. ރެޑްވޭވްގެ ޓީމަކީ މަސައްކަތަށް ފަރުވާތެރި ވިޔަފާރި ކުރިއެރުވުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޓީމެއް ކަމަށްވެސް ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ސަލީމްގެ ފަރާތްޕުޅުން އެ އެވޯޑާއި ހަވާލުވެވަޑައިގަތުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެކެވެ.

ގޯލްޑް 100 އެވޯޑު ރާއްޖޭގެ މަޝްހޫރު ގިނަ ވިޔަފާރި ތަކަކަށް ރޭ ވަނީ ލިބިފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top