ގޮއިދޫގައި ކައިޓް ސާފިން ކޭމްޕެއް ފަށައިގެން ފޯރިއާއެކު ކުރިއަށް

big_bhqYmKJPuEQu9a4K9cdwQFJce.jpeg

ގޮއިދޫގައި ކުރިއަށް ގެންދާ ކައިޓް ސާފިން ކޭމްޕް ތެރެއިން

ބ.ގޮއިދޫގައި ކައިޓް ސާފިން ކުރުމުގެ ހުނަރުތައް ދަސްކޮށްދޭ ހާއްސަ ކޭމްޕެއް ފަށައިގެން ވަރަށް ފޯރިއާއެކު ކުރިއަށް އެބަ ދާކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ރާއްޖޭގައި ނަން ހިނގާ ކައިޓް ސާފަރުންނާއި ބޭރުގެ އިންސްޓްރަކްޝަނުން ހަރަކާތްތެރިވާ މި ކޭމްޕަކީ ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތް ޑިވެލޮޕްމެންޓް ސޮސައިޓީއިން އިސް ނަގައިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ.

ކޭމްޕްގެ ބައިވެރިންނަށް ކައިޓް ސާފުކުރުމަށް ދަސްކޮށް ދެނީ އެ ފަރާތްތަކުންނެވެ. މި ކޭމްޕް ހުރިހާ ކުރާ ދަރިވަރުންނަށް އިންޓަނޭޝަނަލް ކައިޓް އޮގަނައިޒޭޝަން (އައިކޭއޯ)ގެ ސެޓްފިކެޓް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ގޮއިދޫގައި ކުރިއަށްދާ މި ކޭމްޕްގައި 30 ދަރިވަރުން ބައިވެރިވެ އެވެ. އެ ރަށުން ބޭރު ބައެއް ކުދިން ވެސް ކޭމްޕްގައި ބައިވެރިވި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ކުދިންނަށް ގޮއިދޫއަށް ދެވޭ ގޮތެއް ނުވި އެވެ. މި ކޭމްޕްގައި ގިނަ އަންހެން ކުދިން ވެސް ބައިވެރިވާކަން ފާހަގަކޮށްލެެވެ އެވެ.

މި ކޭމްޕްގެ އެންމެ ބޮޑު އެއް މަގުސަދަކީ މޫދު ކުޅިވަރަށް މިހާރުވުރެ ވެސް ބޮޑަށް ކުދިން ޝައުގުވެރިކޮށް އެކަމުގެ ހުނަރުތައް ދަސްކޮށްދިނުން ކަމަށް ކުދިންނަށް ހުނަރުތައް ދަސްކޮށްދިނުމަށް ހަރަކާތްތެރިވާ އާސިމް މުހައްމަދު (ސިންބެ) ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top